ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ޑރ. ޖަމީލް
ހަބަރު
30 Oct 2023 | 18:15
ރައީސް ޔާމީނަށް މަނާ ކަންކަންވެސް ހުންނާނެ؛ އިގުރާރާ ޚިލާފް ވާނަމަ ފިޔަވަޅު އެޅޭނެ: ކަރެކްޝަންސް

ކުރީގެ ރައީސް އަބްދުالله ޔާމިން އަބްދުލްގައްޔޫމްގެ ބަންދަށް އިތުރު ލުއި ދިނުމަށް އެމަނިކުފާނާ ކަރެކްޝަނާ ދެމެދު ވެފައިވާ އިގުރާރާ އެމަނިކުފާނު ހިލާފުވެވަޑައިގަންނަވާނަަމަ، ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަނުން ބުނެފިއެވެ.

ވ އާރަށް ކުއްޔަށް ދިނުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. 

ނަމަވެސް އިމްތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމަށް މި މައްސަލައިގައި ކޮށްފައިވާ ޖަލު ހުކުމް ލުއިކޮށް ގޭބަންދަށް ބަދަލު ކުރުމަށްފަހު، މިހާރު ވަނީ އެމަނިކުފާނަށް އިތުރު ލުއިތަކެއް ވެސް ކަރެކްޝަނުން ދީފައެވެ.

އެގޮތުން ލުއި ދިނުމާއިއެކު ރޭގެ ވަގުތެއްގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ހަރުގެއަށް ވަޑައިގެންފައެވެ. 

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، އެ މައްސަލާގައި "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ބޭސްފަރުވާ އާއި ކަސްރަތުކުރުމަށް އިތުރު ލުއި ތަކެއް ދިނުމަށް އެ އިދާރާގައި އެދުމާއި ގުޅިގެން އެ ފުރުސަތު އެމަނިކުފާނަށް ދެއްވާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން, އެމަނިކުފާނު ކޮންމެހެން ބައްދަލުކުރެއްވުމަށް އެދޭ ފަރާތްތަކާ ބައްދަލުކުރެއްވުމުގެ ފުރުސަތު ވެސް ދެއްވާފައި ވާނެ ކަމަށާ އެ އެގޮތުން ބައްދަލު ކުރެވޭނީ ކަރެކްޝަންސްގައި ދެންނެވުމަށް ފަހުގައި ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. 

"އޭގެ އިތުރުން ކުރުން މަނާ ކަންތައް ތަކެއްވެސް އިގުރާރުގައި ހިމެނިފައި ވާނެ. ވީމާ މި ސާވިސް އިން މިގެންދަނީ ރައީސް ޔާމީންގެ އަމަލުތައް މޮނީޓަރ ކުރަމުން. އިގުރާރާ ޚިލާފްވާނަމަ ފިޔަވަޅު އަޅާނެކަމުގައި ދަންނަވާފައިވާނެ." ކަރެކްޝަންސްގެ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ. 

ރައީސް ޔާމިން ރޭ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވަނީ ގިނަ ކަންތަތަކަކާ ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާއިފައެވެ. އެގޮތުން ރައީސް ޔާމިން ވިދާޅުވެފައިވަނީ ޕީއެންސީ އަދި ޕީޕީއެމްއަކީ އެއް ފިކުރެއްގެ ދެ ޕާޓީކަމަށެވެ. އަދި ޕީޕީއެމް ދޫކޮށް އެއްވެސް މެންބަރަކު ޕީއެންސީއާ ގުޅެން ނުޖެހޭނެކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުވެސް އެ ދެޕާޓީއަށް ކާމިޔާބު ވުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ނުރަބޯ
ކޮންފިޔަވަޅެއް އެޅޭނީ؟ އެއްކަމެއްވެސް ނުކުރެވޭނެ ދެނެއް. ނިމުނީ. ގެއަށް ދާން ތައްޔާރުވޭ.
31 Oct 2023
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ