ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ--
ހަބަރު
31 Oct 2023 | 11:11
ޑރ. މުޢިއްޒު އެންމެ ފުރަތަމަވެސް ކުރައްވަންޖެހޭ މުހިންމު ދެ މަސައްކަތް ރައީސް ޔާމީން ވިދާޅުވެދެއްވައިފި!

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވަންޖެހޭ މުހިންމު ދެ މަސައްކަތް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެދެއްވައިފިއެވެ. 

ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކުރެއްވުމަށްފަހު ބޭއްވި ފުރަތަމަ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒަށް ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ވޯޓު ދެއްވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ މައްޗަށް ބިނާކުރައްވައި ކަމަށެވެ. އަދި އެ ވަޢުދު ތަކުގެ ތެރެއިންވެސް އެންމެ ފުރަތަމަ ފުއްދަވަންޖެހޭ ވަޢުދަކީ، ނިމިގެން މިދާ ސަރުކާރުން ހެދި ގޯސްތައް ތަހުގީގުކޮށް، އެކަންކަން ރަނގަޅު ކުރުން ކަމަށް ޔާމީން ވިދާޅުވި އެވެ. 

އަޅުގަނޑުމެން މިހުރިހާ ވާހަކައެއް ދައްކާފައި، ދިވެހިރައްޔިތުންގެ އިތުބާރު ހޯދައިގެން އެއަށް ދިން ވޯޓެއް، ޑރ. މުޢިއްޒަށް ލިބުނު ވޯޓަކީ. އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުން ދެއްވި ވޯޓަކީ. އެއީ އަމާނާތެއް. އެ އަމާނާތް އަޅުގަނޑުމެން ދަމަހައްޓަށް ޖެހޭނެ. ރެސިޕްރޮކޭޓް ކުރަންޖެހޭނެ. ރެސިޕްރޮކޭޓް ކުރުމަކީ އެމީހުން އަޅުގަނޑުމެން ދެއްކި ވާހަކައިން އަޅުގަނޑުމެންނަށް ދިން ވޯޓަށް އަމަލު ކުރުން. އެހެންވީމާ މި ހިނގައިދިޔަ ގޯސްތައް ހިނގީ ކީއްވެތޯ އެންމެ ފުރަތަަމަ ކުރަންޖެހޭ ކަމަކީ ތަހުގީގު ކުރުން. ތަހުގީގު ކޮށްފައި އަޅުގަނޑުމެންގެ ސަރަހައްދު ހޯދަން މަސައްކަތް ކުރަންވާނެ. އަދި އިންޑިޔާ އާ އެކީ ރަހުމަތްތެރި ވާހަކަތަކެއް ދައްކައިގެން މުައްދަތު ތަކެއް ކަނޑައަޅައިގެން އެބަޖެހޭ އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން. މި ފަސް އަހަރު ތެރޭގެ ބޮޑު ބައި ނުދަނީސް އިންޑިޔާ އަސްކަރިއްޔާ ރާއްޖެއިން ފައިބަން ވާނެ. 

ރައީސް ޔާމީން އަބްދުލްގައްޔޫމް 

ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަނާ އެނޫންވެސް ރާއްޖޭގެ އިގްތިސާދު ކުރިއެރުވުން ފަދަ ކަންކަމަކީ ކުރެވޭނެ ކަންކަން ކަމަށާ، އެކަން ކަން ކުރަންވެސް ޖެހޭ ކަމަށެވެ. 

އެހެން ނަމަވެސް، އެކަން ކަމަށްވުރެ މުހިންމީ ރާއްޖޭގެ ސަރަހައްދު ގެއްލުނު މައްސަލަ އާއި، އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި މައްސަލަ ކަމަށާ އެ ދެ މައްސަލާގައި އެއްގޮތަކަށް ވެސް "ކޮންޕްރޮމައިޒް" ނުކުރެވޭނެ ކަމަށެވެ. އަދި އެ ދެ މައްސަލަ އައު ސަރުކާރުން ހައްލު ކުރެއްވުމުން އެމަނިކުފާނަށް "ފުދޭ" ކަމަށް ވިދާޅުވި އެވެ. އަދި އެކަން ކުރެވިއްޖެ ނަމަ ދިވެހިރައްޔިތުން ވެސް އެމަނިކުފާނަށް "ފާސް މާކުސް" ދޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.