އަލް ނަކްބާ - އުންމަތުގެ ކާރިސާ ދަރުސް ޕޯސްޓަރ-- ގްރެފިކްސް/ އަލް-ޢަޞްރު
ހަބަރު
01 Nov 2023 | 15:48
ފަލަސްޠީން ހަލާތާއި ގުޅޭ ޑރ. ޝަމީމްގެ ބޮޑު ދަރުހެއް މިމަހު 9 ގައި!

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްޠީން ރައްޔިތުން އަތުން ބިންތައް ފޭރިގަނެ މުޅި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދ ޖަރީމާތަކާއިގުޅޭ މަޢުލޫމާތު ދިނުމަށް އަލް-ޢަޞްރުގެ ފަރާތުން ޚާއްސަ ދަރުހެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

"النكبة - އުންމަތުގެ ކާރިސާ" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސް އޮންނާނީ އަންނަ ނޮވެންބަރު މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެރޭ 21:00 ގައި އާރޓިފިޝަލް ބީޗް ސަރަހައްދުގައެވެ.

ދަރުސް ދެއްވާނީ ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޑރ.އާދަމް ޝަމީމެވެ.

އަލް-ޢަޞްރުން ބުނީ، މި ދަރުސްގައި ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ކަންކަން ފެށިގެން އައި ގޮތަކީ، އެ މައްސަލާގައި އެކި މަރުހަލާ ތަކުގައި ކަން ހިނގާ ގޮސްފައިވާ ގޮތަށް އަލި އަޅުވާ ލެވޭނެ އެވެ. އަދި ފަލަސްތީނުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުންވެސް އާއްމުންނަށް މައުލޫމާތު ތަކެއް އެނގިގެން ދާނެ ކަމަށްވެސް ބުނެއެވެ.

މީގެ އިތުރުން، ފަލަސްތީން ކާރިސާއިން މުސްލިމުންނަށް ލިބޭ ފިލާވަޅުތަކާ ބެހޭ ގޮތުންވެސް މިދަރުސްގައި ޝެއިޚް ވާހަކަ ދައްކަވާނެ ކަމަށް އަލް-ޢަޞްރުން މައުލޫމާތު ދެއެވެ. 

އަލް-ޢަޞްރުން އިތުރަށް ބުނީ، މި ދަރުސް ކުރިއަށްދާ ވަގުތު ތަކުގައި، އެ ސަރަހައްދުގައި އައިއޭސީގެ ޣައްޒާ ރިލީފް ފަންޑަށް ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ފަންޑް ފޮއްޓެއް ބެހެއްޓިފައި ހުންނާނެއެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން ދަރުހަށް އައުމަށް  އަލް-ޢަޞްރުން ވަނީ ދަޢުވަތު ދީފައެވެ.

އަލް ނަކްބާ - އުންމަތުގެ ކާރިސާ ދަރުސް ޕޯސްޓަރ-- ގްރެފިކްސް/ އަލް-ޢަޞްރު

އިޒްރާއިލްގެ މިފަހުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 8500 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރެއިން 3457 ޝަހީދުންނަކީ ކުޑަކުދިންނެވެ. 2136 ޝަހީދުންނަކީ އަންހެނުންނެވެ.

މީގެ އިތުުރުން 21،048 މީހަކު ވަނީ ޒަޚަމްވެފައެވެ. މީގެ ތެރެއިންވެސް ބޮޑު ބައެއް ހިއްސާކުރަނީ ކުޑކުދިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.