ދުނިޔެ
01 Nov 2023 | 13:08
ޗައިނާގެ އޮންލައިން ޗާޓު ތަކުން އިސްރާއީލުގެ ނަން ފޮހެލައިފި!

ޗައިނާގެ އޮންލައިން ޗާޓު ތަކުން، އިސްރާއީލްގެ ނަން ފޮހެލައިފި އެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި  ޗައިނާއި އޮންލައިން ޑިޖިޓަލް މެޕް ތައް ކަމުގައިވާ "ބައިޑު" އާއި "އަލީބާބާ" އިންވެސް ވަނީ އިސްރާއީލްގެ ނަން އެއްކޮށް ފޮހެލާފައެވެ.

ޗައިނާ ބަހުން އޮންނަ ބައިޑު މެޕުގައި ފަލަސްޠީނާއި، އެގައުމަށް ގަދަ ކަމުން ވެރިވެގެން ވަކި ދައުލަތެއް ހަދާފައިވާ ޔަހޫދީ އިސްރާއީލުގެ ބޯޑަރ ފާހަގަކޮށްފައި ވީ ނަމަވެސް އެ މެޕުގައި އެއްވެސް ތަނެއްގައި އިސްރާއީލުގެ ނަން ނެތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން، އެންމެ ކުދި ކުދި ގައުމުތަކާއި ސަރަހައްދު ތަކުގެ ނަންތައްވެސް ހިމަނާފައިވާ އަލީބާބާ މެޕްގައިވެސް މިހާރު އިސްރާއީލުގެ ވަސްވެސް ފޮހެލާފައިވާއިރު، އެ މެޕްތަކުން އިސްރާއީލްގެ ނަން ފޮހެލި ސަބަބު މިހާތަނަށް ވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި އިސްރާއީލުގެ ނަން ފޮހުނު އިރުވެސް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް، އިސްރާއީލާއި-ފަލަސްތީން ހަނގުރާމަ ފެށުނުފަހުން، ނިމިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން މިފަދަ މަޝްވަރާ ތަކެއް ޗައިނާގެ ވެބް ޔޫޒާސް ކުރަމުންދާ ކަމަށް ރިޕޯޓް ތައް ބުނެއެވެ. 

އިސްރާއީލް-ފަލަސްތީން ހަނގުރާމަ ފެށުނު ފަހުން، ޗައިނާގެ ރައްޔިތުން މީސްމީޑިއާގެ އެކި މަންސަ ތަކުގައި އިސްރާއީލާ ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލާ ނުރުހުން ފާޅުކުރާން ފަށާފައިވާއިރު، އާއްމުންގެ އުނދަގޫ ތަކާއި ހުރެ، ޗައިނާގައި ހުންނަ އިސްރާއީލުގެ އެމްބަސީން ދާދިފަހުން ވަނީ އެ އެމްބަސީގެ "ވޭބޯ" އެކަންޓުގެ ކޮމެންޓް ސެކްޝަންވެސް ބަންދުކޮށްފައެވެ. 

ޗައިނާގެ އޮންލައިން ޗާޓުތަކުން އިސްރާއީލުގެ ނަން ފޮހެލާފައި ވާއިރު، އިސްރާއީލު-ފަލަސްތީން މައްސަލާގައި ޗައިނާގެ ސަރުކާރުން މިހާތަނަށް ވަކި ކޮޅެއް ނަގާފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.