ގދ ވާދޫ މަތިން ދައްކުވައިދޭ ފޮޓޯ އެއް. ފޮޓޯ: އިންޓަރނެޓް
ހަބަރު
01 Nov 2023 | 14:16
ވާދޫ އިން ފަަލަސްޠީނު ރައްޔިތުންނަށް ބިން ދޫކުރަނީ

ގދ ވަދޫ އިން ފަލަސްޠީން ރައްޔިތުންނަށް ބިން ދޫކުރުމަށް އެރަށު ކައުންސިލަށް ހުށައަޅައިފިއެވެ.

ވާދޫ ކައުންސިލްގެ ރައީސް ހަސަން ޢަބްދުالله “ވޮއިސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކަމަކީ ވާދޫގެ ރައްޔިތުންގެ އެދުމުގެ މަތިން ކައުންސިލަށް ހުށައެޅިފައިވާ ހުށައެޅުމެއް ކަމަށާއި މި ކަން ކައުންސިލުން ފާސްކުރާނެ ކަމަށެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ އެބޭފުޅުންގެ ވިސްނުންފުޅަކީ ޔަތީމުވެފައިވާ ކުޑަކުދިންނާއި ގެދޮރުގެއްލިފައިވާ އާއިލާތައް ހިމެނިގެން ދާގޮތައް 1000 މީހުންނަށް ދިރިއުޅެވޭނެ ވަރުގެ ބިން ފަަލަސްޠީނުގެ ރައްޔިތުންނަށް ދޫކުރުން ކަމަށެވެ.

“އަޅުގަނޑުމެންގެ ވިސްނުމަކީ 23 މިލިއަން ރުފިޔާ ދިވެހި ރައްޔިތުން ފަލަސްޠީނަށް ހަދިޔާ ކުރިޔަސް، ފަލަސްޠީނުގައި ޙާލުގައި ޖެހިފައިތިބި ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތެއް ހަދައިދިނުން، އެގޮތައް އަޅުގަނޑުމެންނަށް ކަންތައް ކުރެވޭނީ އެބޭފުޅުންނަށް އުޅޭނެ ތަނެއް، ބިމެއް އެބޭފުޅުނަށް ދެވިގެން”ޙަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ވާދޫ އަކީ 197 ހެކްޓަރުގެ ބިން އޮތް ރަށެއް ކަމަށާއި، އެރަށުގެ އާބާދީއަކީ 1500 ކަމަށާއި އޭގެ ތެރެއިން ރަށުގައި އާންމުގޮތެއްގައި އުޅެނީ 600 އެއްހާ މީހުން ކަމަށެވެ.

ރަށުގެ ބޮޑި މިނަށް ބަލައި ރަށުގައި އާބާދީ އިތުރުކުރަން ބޭނުން ވާކަމަށާއި، ލޭންޑް ޔޫސް ޕްލޭންގައި އެހެން ރަށްރަށުން މީހުން ގެނެސް އާބާދު ކުރުމަށް އެކުލަވައިލެވުނު ކަމަށް ހަސަން ވިދާޅުވިއެވެ. ޙަސަން ވިދާޅުވީ ދިވެހިންނަށް ނުވިޔަސް މުސްލިމުންނަށް ވީތީ ވާޑޫގެ ބިމުން ފަަލަސްޠީނުގެ ރައްޔިތުނަށް ދޭން އެރަށުގެ ރައްޔިތުން ބޭނުންވާ ކަމަށެވެ.

“ވާދޫ ރައްޔިތުން ބޭނުންވޭ، ޚާއްސަ ކޮށް މުސްލިމުން އޭގެ ޒާތުގައި އެހީވާން، ވާދޫ ރައްޔިތުން ދެކޭ ގޮތުގައި މުސްލިމުންނަށް އެހީވުމަކީ އެމީހުންނަށް ގެދޮރުވެރިކަން ދިނުން އެމީހުނަށް ބިން ދިނުން، އެމީހުންގެ ބިމުން އެމީހުން ބާލަނީ، ވާދޫގެ ބިމަކީވެސް މުސްލިމް ރައްޔިތުން އުޅޭ ބިމެއް، މިބިމުން ފަލަސްޠީނުގެ ރައްޔިތުންނަސް ފުރުސަތު އެބައޮތް” ޙަސަން ވިދާޅުވިއެވެ.

ޙަސަން ވިދާޅުވީ ވާދޫ އަށް އަންނަން ބޭނުންވާ ފަރާތްތަކަށް އެރަށުން ދޫކުރާ ބިމުގައި ބޯހިޔާވަހިކަން ޤާއިމް ކޮށްދިނުމަށް ކަންކަން ކުރާނެ ގޮތަކާއި މެދު އައިއޭސީ ފަދަ ޖަމިއްޔާ ތަކާއި އެކު މަޝްވަރާ ކުރެވެމުން ދާކަމަށެވެ.

އަދި ވަގުތީ ގޮތުން ފަަލަސްޠީން ދޫކޮށް ވާދޫ އަށް އަންނަ މީހުނަށް ބޭނުންވުމުން އަނބުރާ ފަލަސްޠީނަށް ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކޮމެންޓް
ބުނެލީ
އެމީހުން މިރާއްޖެ ކަހަލަ ސަދޫމަކަށް ގެންނަން ވިސްނާކަށްވެސް ނުވާނެ. ރާއްޖޭގަ މިހާރު ނުކުރާކަށް ނުބައިކަމެއްނެތް. ބަލަހައްޓާނަމޭ ހިތާ އެތަނުންތުއްތުކުދިން ގެނެސް އެކުދިން ނަރަކަޔަށް އެއްލާލެވޭގޮތަށް ބަލަން ގެންނާނެ ކަމެއްނެތް.
01 Nov 2023
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.