އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/މަޖިލިސް
ހަބަރު
01 Nov 2023 | 14:15
ޑރ. މުއިއްޒުއަކީ އިންޑިއާއާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރުމަކީ ގޯސް ސިފަކުރުމެއް: ރައީސް ނަޝީދު

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އަކީ އަވަށްޓެރި އިންޑިޔާއާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރާ ސިފަ ކުރުމަކީ ރަނގަޅު ސިފަކުރުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ބޭރުގެ ގިނަ މީޑިއާ ތަކުން އެމަނިކުފާނު ސިފަ ކުރެއްވީ "ޕްރޯ-ޗައިނާ" ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. އަދި އިންތިޚާބުން ވަކިވެވަޑައިގެންނެވި ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަކީ "ޕްރޯ އިންޑިއާ" ކެންޑިޑޭޓެއް ކަމަށްވެސް ބޭރުގެ މީޑިއާތަކުން ބުނެފައިވާ ކަން ނަޝީދު ފާހަގަކުރެއްވިއެވެ. 

ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނާއި ރަހުމަތްތެރި ބޭރުގެ ނޫސްވެރިއެއް ވެސް އެ މޭރުމުން ވާހަކަ ދެއްކެވުމުން އެކަން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި ކަމަށެވެ. 

"އަޅުގަނޑު ބުނިން، އަޅުގަނޑު ތާއީދު ކުރީ އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓަށް ކަމަށް. އަހަރެންގެ ރަހުމަތްތެރިޔާ، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް މިފަހަރު އަހަރެން ތާއީދެއް ނުކުރަން. އަހަރެން ތާއީދު ކުރީ އިދިކޮޅުު ކެންޑިޑޭޓަށް. އޭނާ އިންތިހާބު ކާމިޔާބު ކުރެއްވީ ވެސް. އަދި އަހަރެން ސަޕޯޓް ކުރި ކެންޑިޑޭޓަކީ "ޕްރޯ ޗައިނާ" ނުވަތަ އިންޑިއާ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރުމަކީ ވެސް އަޅުގަނޑަށް ވަރަށް އުނދަގޫ ކަމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑރ މުޢިއްޒު އަކީ ޕްރޯ މޯލްޑިވްސް ބޭފުޅެއް."

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

ނަޝީދު ވިދާޅުވީ، އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ޑރ.މުއިއްޒު އިސްކަން ދެއްވާނީ ދިވެހިންނަށާއި ދިވެހީންގެ ހާލަތު ރަނގަޅު ކުރައްވައި ރާއްޖެއަށް ކުރިއެރުން ހޯއްދަވައި ދެއްވުމަށް ކަމަށެވެ. އަދި ރާއްޖޭގައި ވެރިކަން ކުރައްވާ ކޮންމެ ވެރިއެއްވެސް މަސައްކަތް ކުރައްވާނީ އެ މޭރުމުން ދިވެހިންނަށް އިސްކަންދެއްވައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

މީގެތެރެއިން، ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް، އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެންގުޅުއްވި ޚާރިޖީ ސިޔާސަތަކީ ބޮޑަށް ޗައިނާގެ ކޮޅަށް ބުރަވެފައި އޮތް ސިޔާސަތެއް ކަމަށެވެެ. 

އެހެންނަމަވެސް، ޑރ. މުޢިއްޒުގެ ސިޔާސަތަކީ ސްރީލަންކާ އާއި އިންޑިއާވެސް ހިމެނޭހެން އޭޝިޔާގެ ހުރިހާ ގައުމުތަކަށް،  އިސްކަންދެއްވާނެ، ސިޔާސަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް
ޏަމްނަމް
މިހާރުވެސް ޖަލުގަ އޮވެފަ އައި ކަލޭގެ އާއި އަދުރޭ އެހެރީ އިންޑިއާ އައުޓް ޖެހި ޓީޝާޓް ލައިގެން
01 Nov 2023
ގުޅޭ ލިޔުންތައް
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ