އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު/ ފޮޓީ: އިންތިޚާބީ ރައީސްގެ އޮފީސް
ހަބަރު
02 Nov 2023 | 09:04
އަންނަ އަހަރުގެ ބަޖެޓުގައި ފުށިދިއްގަރުފަޅު މަޝްރޫއަށް 600 މިލިއަން ހިމަނައިފި

ހުވާކުރައްވާތާ ދެތިން މަސްތެރޭ ފައްޓަވާނެކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ފުށިދިއްގަރުފަޅު މަޝްރޫއަށް އަންނަ އަހަރަށް ލަފާކޮސް ދައުލަތުން ހުށައަޅާ ބަޖެޓުގައި 600 މިލިއަން ރުފިޔާ ހިމަނުއްވައިފި އެވެ. 

2024 ވަނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.6 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، އިންތިޚާބީ ސަރުކާރުން ހިމަނާފައިވާ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ވަނީ ހިމަނާފަ އެވެ. 

ފުށިދިއްގަރުފަޅު މަޝްރޫއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ 65000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ޑރ މުއިއްޒުގެ ސަރުކާރުން މާލެ ސަރަހައްދުގައި ހިންގާނެ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކޮށްލެވެއެވެ. 

އެ މަޝްރޫއަށް ފުށިދިއްގަރުފަޅުން 1282 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައެވެ. އެއީ ބޮޑު މިނަށް ބަލާއިރު އެއީ ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލީމަ ވާ ވަރަށްވުރެ ތިން ގުނަ ބޮޑު ސަރަހައްދެކެވެ. 

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ހުވާކުރައްވާތާ ދެތިން މަސްތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

އެ ބިން ހިއްކުމަށްފަހު ސޭފް އައިލެންޑެއްގެ ގޮތުގައި ރައްކާތެރިކުރެވި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެތަނުގައި ފައްޓަވާދެއްވާނެ ކަމަށާއި، މަސައްކަތް ފަށާ ފުރަތަމަ އަހަރުތެރޭ ބިން ހިއްކުމުގެ މަސައްކަތް ނިންމާލުމަކީ ސަރުކާރުގެ އަމާޒުކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން އެ މަޝްރޫއު މުޅިން ނިމި، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރެވެން ފެށުމާއެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުތަނުން ހައްލުވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ވެސް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.