އަރަބިއްޔާ ޕްރިންސިޕަލް އާއި އޭނާގެ ވަކީލު ޓްރައިބިއުނަލްގެ ބޭރުގައި-- ފޮޓޯ/ޕީއެސްއެމް
ހަބަރު
02 Nov 2023 | 10:54
އަރަބިއްޔާ ޕްރިންސިޕަލުކަން ޝުޖާއުއަށް ދޭން ޓްރައިބިއުނަލުން އަންގައިފި

ޢަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމަށް އަލުން އެ ވަޒީފާ ދިނުމަށް ވަޒީއާ ބެހޭ ޓްރިބިއުނަލުން އަންގައިފިއެވެ.

ޢަރަބިއްޔާގެ ކިޔެވުން އިތުރަށް ހަރުދަނާކުރުމަށް ކަމަށް ބުނެ، އެ ސުކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ޝުޖާއު އެ މަގާމުން ދުރުކޮށް، އަރަބިއްޔާ ވަގުތީ ގޮތުން ހިންގުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދާ އެޑިއުކޭޝަން އިން ހަވާލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައެވެ. 

އޭރުގެ އަރަބިއްޔާގެ ޕްރިންސިޕަލްކަމުން ޝުޖާއު ބަދަލުކުރީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށެވެ.

އެކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޝުޖާއު އެހެން މަގާމަކަށް ބަދަލުކުރީ ސިވިލް ސާވިސް ގަވާއިދުގެ ތެރެއިން ކަމަށް ބުނެފައެވެ. 

އެ މައްސަލަ ޝުޖާއުގެ ފަރާތުން ޓްރައިބިއުނަލަށް ލާފައިވާއިރު، ޓްރައިބިއުނަލުން ވަނީ ޝުޖާއު އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ބަދަލުކުރީ ޤާނޫނާއި ޤަވައިދާ ޚިލާފަށް ކަމަށް ކަނޑައަޅައި، 30 ދުވަހުގެ ތެރޭގައި އޭނާއަށް އަލުން ވަޒީފާ ދިނުމަށް އަންގާފައެވެ. 

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖެއްސީ ޖެނުއަރީ 8، 2018 އަހަރުގައެވެ. މިހާރު އެ ސްކޫލްގެ ހިންގެވުމާ ހަވާލުވެ ހުންނެވީ އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލެވެ.

ޝުޖާއު މަގާމުން ވަކި ކުރި މައްސަލާގައި އަރަބިއްޔާގެ ބެލެނިވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް އިހްތިޖާޖު ވެސް ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.