އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް-- ފޮޓޯ/އިންތިޚާބީ ރައީސްގެ އޮފީސް
ހަބަރު
02 Nov 2023 | 14:27
ފެނަކައިގެ ދަރަނި 4 ބިލިއަނަށްވުރެ ބޮޑު، 1149 ކުންފުންޏަށް ފައިސާ ދޭންޖެހޭ: އިންތިގާލީ ތަރުޖަމާނު

ދައުލަތުގެ ޔޫޓިލިޓީ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 4 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާއިރު، އެކުންފުނިން ފައިސާ ދޭންޖެހި ނުދީ ހުރި އަމިއްލަ ވިޔަފާރިތަކުގެ އަދަދު 1،149 އަަށް އަރާކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުން އެއްކުރި މައުލޫމާތުތަކާއި ގުޅިގެން ކަންބޮޑުވުންތައް ހުރި މައިގަނޑު 3 ދާއިރާއެއް ފާހަގަ ކުރައްވާފައެވެ. އެއީ؛

1- ކުންފުނިތަކުގެ ދަރަނީގެ ހާލަތު

2- މާލީ އަދި އިދާރީ ހިންގުމުގައި ހަރުދަނާކަމެއް ނެތުން

3- މައި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުންފުނިތައް ދައުލަތަށް ބުރައަކަށްވެފައި އޮތުން

މި ތިން ދާއިރާއިން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން ފިރުޒުލް އެންމެ ފުރަތަމަ އަލިއަޅުއްވާލައްވާފައި ވަނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ދަރާފައިވާ ކުންފުނި ކަމަށްވާ ފެނަކައިގެ ހާލަތަށެވެ. 

ދަރަނި 4.1 ބިލިއަން؛ ފައިސާ ދޭންޖެހޭ 1149 ކުންފުނި

ފިރުޒުލް ވިދާޅުވީ 2022 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ދަރަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ އޮތް ކަމަށެވެ. އަދި އެއިން 3.2 ބިލިއަން ރުފިޔާއަކީ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް، ޓްރޭޑް ޕޭޔަބަލްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަމަށް ވާއިރު ލޯނުތަކަށް ދައްކަންޖެހޭ 901 މިލިއަން ރުފިޔާ އޮތްކަން އިންތިގާލީ ކޮމިޓީއަށް ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއާއެކު ފިރުޒުލް ވިދާޅުވީ، ފެނަކައިން ވިޔަފާރިތަކަށް ދޭންޖެހޭ 3.2 ބިލިއަންގެ ތެރެއިން 958 މިލިއަން ރުފިޔާއަކީ އެ  ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވެ، އިތުރަށް، އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ފައިސާ ކަމަށާ، އެކުންފުނިން ފައިސާ ދޭންޖެހޭ 1149 ކުންފުނި އޮތްކަމަށެވެ. 

"މިދެންނެވި ވެންޑާސްއަށް ދައްކަންޖެހޭ ފައިސާ ލިބެންޖެހޭ ވިޔަފާރިތަކުގެ ގޮތުގައި ވަކިވަކި 1،149 ވިޔަފާރި އޮތްކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މާނައަކީ މި ޖުމްލަ އަދަދު މި ނިސްބަތްވަނީ 1149 ބިލަކަށް ނޫނޭ، ވަކިވަކި 1149 ވިޔަފާރި އަށޭ. އަޅުގަނޑުމެންގެ ކަންބޮޑުވުން އޮތް ކަމެއް. " ފިރުޒުލް ވިދާޅުވިއެވެ.

ދަރަނި ބޮޑު ނަމަވެސް މުވައްޒަފުންގެ އަދަދު ވީ އިންތިހާއަށް ގިނަ

ފިރުޒުލް ވިދާޅުވީ ފެނަކައިގެ ދަރަނީގެ ހާލަތު އިންތިހާއަށް ގޯސްކޮށް އޮތްއިރު އެކުންފުނިން ވަނީ ގިނަ އަދަދެއްގެ އައު ވަޒީފާ އުފައްދާފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި 2756 މުވައްޒަފުން ތިބިއިރު 2023 ވަނަ އަހަރުގެ މިހާތަނަށް އެ ކުންފުނީގައި 8126 މުވައްޒަފުން ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މުވައްޒަފުންގެ މުސާރައަށް އޭރު، 2018 ގައި ޚަރަދު ކުރެވެނީ މަހެއްގެ މައްޗަށް 23 މިލިއަން ރުފިޔާ، އެހެން ނަމަވެސް، މިއަދު މުވައްޒަފުންނަށް މަހެއްގެ މައްޗަށް 82 މިލިއަނަށް ހޭދަކުރެވޭކަން ފާހަގަކުރެވޭ.

އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް

ފިރުޒުލް ވިދާޅުވީ ކުރިން މުވައްޒަފުން މަސައްކަތްކުރާ ގޮތާއި މިހާރު މަސައްކަތްކުރާ ގޮތް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ކުރިން ބައެއް މަސައްކަތްކުރި ގޮތަށް ބޮޑެތި ލުއިތަކެއް ލިބިފައިވީ ނަމަވެސް އެ މަސައްކަތްކުރަން މިހާރު ތިބޭ މުވައްޒަފުންގެ އަދަދު އެއިރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިތަނުގައި އަޅުގަނޑުމެންގެ ކަންބޮޑުވުން އިތުރު ވެފައިވަނީ ފެނަކައިގެ މުވައްޒަފުންގެ މަސައްކަތްތައް ބައްޓަންވެފައިވާ ގޮތަށް ބަލާއިރު، އޭރު އެ މުވައްޒަފުން މަސައްކަތް ކުރަމުން އައި ގޮތާއި، މިހާރު، މަސައްކަތް ކުރަމުންދިޔަ ގޮތަށް، އެފިޝިއަންސީގައި ވަރަށް ބޮޑު ތަފާތެއް އެބައުޅޭ. މިސާލަކަށް ކުރިން ގޭގެއަށް ބިލް ތައްޔާރު ކުރި ގޮތަށް މިހާރު ހުރީ ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިފައި. ނަމަވެސް އެ ލުއި ފަސޭހަ ލިބިގެންދިޔައިރު ކުރިން ފެނަކައިގެ އެ މަސައްކަތް ކުރި ވަކި ބްރާންޗެއްގަައި 7 މުވައްޒަފުން ތިބޭ ނަމަ، މިއަދު އެ އަދަދު 40 އާއި ގާތްކުރޭ. އެހެންވީމާ މުވައްޒަފުން ކުރާ މަސައްކަތަށް ލުއި ލިބިވެން ދިޔައިރުވެސް މި އަދަދު(މުވައްޒަފުންގެ އަދަދު) ވަރަށް ބޮޑުތަން އިތުރުވެފައިވާކަން ފާހަގަކުރެވޭ. 

އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް

ފިރުޒުލް ވިދާޅުވީ ކޮމިޓީއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނުކަމަކީ މި އަހަރުގެ މާރިޗު މަހުގެ ފަހުން ފެނަކައަށް އިތުރު 747 އަށްވުރެ ގިނަ މުވައްޒަފުން އިތުރުވެފައިވާތީ ކަމަށެވެ.

މީގެ އިތުރުން ފެނަކައިގެ ބަޖެޓް ފާސްކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކަށް ހިފެހެއްޓިފައި ނުވާކަންވެސް ފާހަގަވެފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އެގޮތުން ފެނަކައިގެ 2022 ވަނަ އަހަރުގެ ބަޖެޓު ފާސްކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެއްގެ ގޮތުގައިކަމަށާއި، 2023 ވަނަ އަހަރު ބަޖެޓު ފާސްކުރީ 960 މިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެއްގެ ގޮތުގައިކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފެނަކައިގެ އަހަރީ ބަޖެޓުތައް ބޮޑެތި ޑެފިސިޓު ނުވަތަ ދަރަނިތަކާއެކު ފާސްކުރިއިރު އެ ޑެފިސިޓަށް ފައިނޭންސްކުރާނެ ގޮތްތަކެއް ހިމަނާފައިނުވާކަމަށާއި، ނަމަވެސް ފަހުން ބޮޑެތި އިންޓަރެސްޓުގައި ދަރަނި އަދާކުރުމަށާއި ޚަރަދުތައް ހަމަޖެއްސުމަށް ލޯނުތައް ނަގާފައިވާކަން ފާހަގަކުރެވޭ ކަމުގައި ފިރުޒުލް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.