މާރސީން ކުރޮއަށް ގެންދިޔަ ފަލަސްތީން ފަންޑް ރެއިޒިން އިވެންޓެއްގެ ތެރެއިން--ފޮޓޯ/މާރސީ
ހަބަރު
02 Nov 2023 | 15:33
އައިއޭސީ އަދި މާރސީ އިން ފަލަސްޠީނަށްޓަކައި ބާއްވާ ވަރަށް ހާއްސަ ހަރަކާތްތަކެއް މާދަމާ!

ޒަޔަނިސްޓް ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ އުދުވާނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް އިންޓަރނޭޝަލް އެއިޑް ކެންޕެއިން ، އައިއޭސީ އާއި މާރސީ ޖަމިއްޔާ ގުޅިގެން ޚާއްސަ ހަރަކާތެއް މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. 

އައިއޭސީން ބުނީ، މި ހަރަކާތް އޮންނާނީ މާދަން ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:00 އަށް އާޓިފިޝަލް ބީޗް ސަރަހައްދު ގައި ކަމަށެވެ.

މި އިވެންޓުގެ ތެރެއިން، ތަފާތުއެކިއެކި ކުޅިވަރުތައްވެސް ކުރިއަށްދާނެކަން އައިއޭސީން ފާހަގަކޮށްފައިވެއެވެ. އަދި ކުޅިވަރުތައް މެދުވެރިކޮށް ފަލަސްތީނުގެ ތާރީޚާއި، ފަލަސްތީނާއި ގުޅޭ މުހިންމު މައުލޫމާތު ތައް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. 

އެގޮތުން، ކުޑަކުދިންނަށް ޚާއްސަ އެކިއެކި ގޭމް ތަކާއި، ޓްރެޝާ ހަންޓް އާއި، ޖަމްބަލް ސޭލް އާއި، މިއުޒިއަމް، ކުއިޒަކާއި، ފޮޓޯ ބޫތު، ކާއެއްޗެހި ސްޓޯލް އަދިވެސް މީހުންނާއި ކުދިން ގަޔާވާ ފަދަ އެތަކެއް ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ. 

އެހެންކަމުން ކުދި ބޮޑު އެންމެން މިހަރަކާތް ތަކުގައި ބައިވެރިވެ، ފަލަސްތީނަށް އެހީވުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ. 

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން 7 އޮކްޓޫބަރުގައި ޣަައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 8805 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައިވެސް ގިނައީ މައުސޫމް ކުދިންނާއި އަންހެނުންނެވެ. 

މި ހަނގުރާމަ ނިމުމުގެ ކޮޅުމަތިވެސް ފެންނަން ނެތް އިރު އިސްރާއީލުން އަންނަނީ ހުޅަނގުގެ ގައުމު ތަކުގެ އެހީއާއެކު އެމީހުންގެ އަސްކަރިއްޔާ ވަރުގަދަކޮށް ފަލަސްޠީނުގެ އެކި ސަރަހައްދު ތަކަށް ހުއްޓުމެއްނެތި ބޮން އަޅަމުންނެވެ. އެ ހަމާލާތައް ހޮސްޕިޓާ ތަކާއި ސުކޫލް ތަކާއި ރެފިޔުޖީ ކޭންޕު ތަކަށް ވެސް އެމީހުން އަންނަނީ އަމާޒުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.