އައިއޭސީން މިފަހުން ފެށުނު ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ކަމާލް އެޑްވާންސް ހޮސްޕިޓަލަށް ތެޔޮ ފޯރުކޮށްދެނީ--
ހަބަރު
02 Nov 2023 | 20:00
ދިވެހިންގެ އެހީގައި ޣައްޒާގެ އަޤްޞާ ހޮސްޕިޓަލަށް 20 ހާސް ލީޓަރ ތެޔޮ ފޯރުކޮށްދީފި!

ދިވެހިންގެ އެހީގައި، އިންޓަނޭޝަނަލް އެއިޑް ކެންޕެއިން, އައިއޭސީން، 20 ހާސް ލީޓަރުގެ ތެޔޮ ޣައްޒާގެ އަޤްޞާ މާޓިޔާރސް ހޮސްޕިޓަލަށް ހަދިޔާ ކޮށްދީފިއެވެ.

މިކަން ހާމަކޮށް އައިއޭސީން މީސްމީޑިއާގައި އާއްމުކުރި ވީޑިއޯއެއްގައި، އަޤްޞާ މާޓިޔާރސް ހޮސްޕިޓަލްގެ ކޮމިޔުނިކޭޝަން ޑައިރެކްޓަރ މުޙަންމަދު އަލް ޙާޖް ވަނީ، ދިވެހި ރައްޔިތުންނަށާއި އައިއޭސީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. 

އަޅުގަނޑު ތިބޭފުޅުންނާއި މިއަދު 2 /11/ 2023 ގައި މި ވާހަކަދައްކަނީ އަޤްޞާ ހޮސްޕިޓަލްތެރޭގައިހުރެ. މިއަދު އަޅުގަނޑު މި ބައްދަލުކޮށްލީ ދިވެހިންނަށާއި  އަދި އިންޓަރނޭޝަނަލް އެއިޑް ކެންޕެއިންއަށް  ވަރަށް ބޮޑު ޝުކުރެއް އަދާކޮށްލުމަށް! އެއީ ޣައްޒާގެ އުތުރުގައި އިޒްރޭލުން ޢުދްވާން ހިންގަމުން ދާއިރު އަޤްޞާ ހޮސްޕިޓަލް ގައި ހުރި ޖަނަރޭޓަރުތަށް ހިންގާ ހޮސްޕިޓަލް އަށް ކަރަންޓުލިބި ސިއްޙީ ޚިދުމަތްތަށް ދޭންފެށުމަށްޓަކައި އެބޭފުޅުން މި ހޮސްޕިޓަލް އަށް 20 ހާސް ލީޓަރ ތެޔޮ ހޯދާ ފޯރުކޮށްދެއްވީތީ! ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަޤްޞާ މާޓިޔާރސް ހޮސްޕިޓަލްގެ ކޮމިޔުނިކޭޝަން ޑައިރެކްޓަރ މުޙަންމަދު އަލް ޙާޖް

މިކަމާއި ގުޅިގެން އައިއޭސީން ބުނީ، ޔަހޫދީންގެ އަނިޔާތައް ކިތަންމެވަރަކަށް ދިންނަމަވެސް އައިއޭސީން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާ ނުލާނެ ކަމަށެވެ. އަދި ޔަހޫދީން  ބޮން އަޅާތީ ބިރުން ޣައްޒާގެ ރައްޔިތުނަށް ދެވެން ހުރި އެހީއެއް ނުދީ ނުތިބޭނެ ކަމަށްވެސް އައިއޭސީން ވަނީ ބުނެފައެވެ. 

"މި ތެލަކީ އައިއޭސީގެ ގްރައުންޑް ޓީމުގެ ބުރަ މަސައްކަތުން ޣައްޒާގެ އެތެރޭން ހޯދުމަށްފަހު ރައްކާތެރިކަމާއެކު ހޮސްޕިޓަލަށް ފޯރުކޮށްދެޗުނު ތެޔޮ. އެބޭފުޅުން މަސައްކަތުގައި ބަރަކާތް ލައްވާ ރައްކާތެރިކުރައްވާށި. އާމީން" އައިއޭސީން ބުނެފައިވެއެވެ. 

އައިއޭސީން އިތުރަށް ބުނީ، އެންމެހާ ދިވެހީން ތިބީ ފަލަސްޠީނާއެކުކަން، ދިވެހީން މުޅި ދުނިޔެއަށް ހާމަކޮށްދެމުންދާ ކަމަށެވެ. އަދި ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމުގައި ދެމި ތިބުމަށް ވެސް އައިއޭސީން ވަނީ އެދިފައެވެ. 

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، މުޅި ޣައްޒާ ހިފުމަށް ކުރަމުންދާ މަސައްކަތުގައި، ޣައްޒާ އެއްކޮށް ބަންދުކޮށް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ހުރަސް އަޅަމުންދާ އިރު، ޣައްޒާއަށް ތެޔޮ އެތެރެ ކުރުންވެސް ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން، ޣައްޒާގެ ހޮސްޕިޓަލްތައް ހިންގުމަށް ދަތިވާން ވަނީ ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.