ހަބަރު
03 Nov 2023 | 12:16
ގިނަ މީހުން ސިއްޙަތާއި ހުސް ވަގުތުގެ ބޭނުންކުރަނީ ބޭކާރު ކަންކަމުގައި: ހުކުރު ޚުތުބާ

ގިނަ މީހުން އެމީހުންނަށް ލިބޭ ހުސްވަގުތާއި، ދުޅަހެޔޮ ސިއްހަތުގެ ބޭނުން ކުރަނީ ބޭކާރު ކަންކަން ކުރުމުގައި ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

"ބަލިމީހާއަށް ޒިޔާރަތްކުރުން" މި މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، ކޮންމެ މުސްލިމަކު އަނެއް މުސްލިމަށް އަދާކުރަންޖެހޭ ޙައްޤުތަކެއް ވާކަމަށެވެ.

"މި ފަދަ ބައެއް ޙައްގުތައް ބަޔާންކޮށް ދެއްވައި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކޮންމެ މުސްލިމަކު އަނެއް މުސްލިމާއަށް އަދާ ކޮށްދޭންޖެހޭ 6 ހައްގެއް ވެއެވެ. ދެންނެވުނެވެ. اللهގެ ރަސޫލާ އެވެ. އެއީ ކޮން ޙައްގުތަކެއްތޯއެވެ؟ ހަދީޘް ކުރެއްވި އެވެ. "އެއީ އޭނާއާ ބައްދަލުވެއްޖެނަމަ އޭނާއަށް ސަލާމް ގޮވައިލުމާއި، އޭނާއަށް ދަޢުވަތު ދީފިނަމަ އިޖާބަދިނުމާއި، ނަސޭޙަތަކަށް އެދިއްޖެނަމަ ނަސޭހަތް ދިނުމާއި، ކިބިއްސެއް އަޅައި الله އަށް ހަމްދުކޮށްފިނަމަ، އޭނާއަށް ރަހުމަތްލެއްވުން އެދި ދުޢާ ކުރުމާއި، އޭނާ ބަލިވެއްޖެނަމަ އޭނާއަށް ގޮވާލަން ދިޔުމާއި އޭނާ މަރުވެއްޖެނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުމެވެ."" ޚުތުބާގައި ބުނެފައިވެއެވެ.

މިއާއެކު ޚުތުބާގައި ބުނީ، ބަލިމީހާއަށް ގޮވައިލަން ދިޔުމުގެ މާތްކަމާއި، ޘަވާބާއި ގުޅޭގޮތުން ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވާ އިތުރު ބައެއް ބަސްފުޅުތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. 

"ބަލި މީހަކަށް ގޮވައިލަން ހަވީރުގެ ވަގުތެއްގައި މީހަކު ދިޔަ ނަމަ، އެމީހަކަށް ފާފަފުއްސަވައި ދެއްވުމަށް އެދި، ހަތްދިހަ ހާސް މަލާއިކަތުން ހެނދުނު ވަންދެން ދުޢާ ކުރައްވާނެތެވެ. އަދި ބަލި މީހަކަށް ގޮވައިލަން ހެނދުނުގެ ވަގުތެއްގައި މިހާކު ދިޔަ ނަމަ، އެމީހަކަށް ފާފަފުއްސަވައިދެއްވުމަށް އެދި، ހަތްދިހަ ހާސް މަލާއިކަތުން ހަވީރު ވަންދެން ދުޢާ ކުރައްވާނެތެވެ. އެމީހަކު ހުންނާނީ ސުވަރުގޭގެ ބަގީޗާތަކުގައެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ޚުތުބާގައި އިތުރަށް ބުނީ، ސިއްޙަތާއި ދުޅަހެޔޮކަމަކީ، މާތް الله ދެއްވާފައިވާ އަގު ބޮޑު ނިޢުމަތެއް ކަމަށެވެ. އެހެންނަމަވެސް، ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ ހަދީޘްފުޅުގައި ވާފަދައިން ސިއްހަތާއި ހުސްވަގުތަކީ ވަރަށް ގިނަ މީހުން އެ ނިޢުމަތާއި މެދު ފަރުވާ ކުޑަ ކޮށްލާ ދެ ނިޢުމަތް ކަމަށް ޚުތުބާގައި ބުންޏެވެ. 

"ވަރަށް ގިނަބަޔަކު އެމީހުންގެ ސިއްޙަތުންނާއި ހުސް ވަގުތުން ފައިދާ ނުހޯދައެވެ. އެމީހުން ސިއްޙަތާއި ހުސް ވަގުތު ލިބިފައި ވިޔަސް، ފައިދާ ހުރި ކަންކަމުގައި އެ ނިޢުމަތްތަކުގެ ބޭނުމެއް ނުކުރެއެވެ. الله ގެ ހަޟުރަތަށް ކުއްތަންވުމަށްޓަކައި ސިއްޙަތާއި ވަގުތުތައް ބޭނުން ކުރުމުގެ ބަދަލުގައި، ސިއްޙަތާއި ވަގުތުގެ ބޭނުންކުރަނީ ބޭކާރު ކަންކަމުގައެވެ. ދީނަށާއި، ވަތަނަށާއި، އެމީހުންގެ ޢާއިލާތަކަށް މަންފާއެއް ނެތް ކަންކަމުގައެވެ."

ހުކުރު ޚުތުބާ 

މީގެ އިތުރުން ޚުތުބާގައި ވަނީ، ބަލިމީހުންނަށް ގޮވައިލަން ދިޔުމުގެ މާތް ކަމާއި، އެކަމުން ލިބޭ ޘަވާބާއި އަދި އެމީހުންނަށްޓަކައި ހެޔޮ ދުޢާ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ބަލި މީހާއަށް ގޮވާލަން ގޮސް ހޭދަކުރެވޭ ވަގުތު ކޮޅަކީ މާތް الله ގެ ހަޟުރަތުގައި ހޭދަކުރެވޭ ވަގުތު ކޮޅެއް ކަމަށާށ އެވަގުތުގައި އެމީހެއްގެ އަމިއްލަ ނަފްސާއި ބަލިމީހާގެ ފާފަފުއްސެވުން އެދި ދުޢާ ކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.