މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން
ހަބަރު
04 Nov 2023 | 12:40
ޗެނަލްތައް ލައިސަންސް އަކާއި ނުލައި ބެލޭނެ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނުނަގާވެސް ގޭބީސީ ތަކުގައި ދެއްކުމަށާއި އަމިއްލަ ބޭނުން ތަކަށް ކޭބަލް ޓީވީ މެދުވެރިކޮށް ދައްކާ ޗެނަލްތައް ބެލޭނެ ގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން ގަވާއިދު އިސްލާހު ކޮށްފިއެވެ.

މީގެ ކުރިން އެމްބީސީގެ ގަވާއިދު ބުނާ ގޮތުން،ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭންވާނީ، އެކަމަށް ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން ދޫކުރާ ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިގެންނެވެ.  މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ މި ޤަވާއިދުގެ ދަށުން "ހިދުމަތް ދިނުމުގެ ލައިސަންސް" އާއި ގުޅޭ ފަސްވަނަ މާއްދާއަށް އިސްލާހު ގެނެސް،އެ އިސްލާހުތައް މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައެވެ.

މި އިސްލާހުގައި ވާ ގޮތުން،އަމިއްލަ ބޭނުމަށް ފިޔަވާ ރާއްޖޭގެ އެހެން ތަނެއްގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭންވާނީ އެކަމަށް ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އޮތް ފަރާތެއް މެދުވެރިކޮށް ކަމަށެވެ.

ފަހަތަށް އަކުރެއް އިތުރުކޮށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހިމަނާފައިވާ މާއްދާގައި ބުނެފައިވަނީ އަމިއްލަ ބޭނުމަކީ ގޭބީސީއެއްގެ ރީ-ބްރޯޑްކާސްޓް ހިދުމަތެއް ބޭނުން ކުރުން ކަމަށެވެ.

މި އިސްލާހު ތަކުގެ އިތުރުން އެ އިދާރާއިން ވަނީ ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދި ހުށައަޅާ ފަރާތަކީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭ ނުވަތަ ކޯޕަރޭޓިވް ކުންފުންޏަކަށް ވެގެން ނުވާނެ ކަމަށް ބަޔާން ކޮށް ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދި ހުށައަޅާ ފަރާތްތަކުގައި  ހުންނަން ޖެހޭ ޝަރުތު ތަކަށް މި ގަވާއިދު އިތުރުކޮަށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.