މިނިސްޓަރ އޮފް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ފޮޓޯ: އެޑިޝަން.އެމްވީ
ހަބަރު
04 Nov 2023 | 21:50
ގެދޮރުވެރިޔާ ސްކީމް އިން ފްލެޓް ނުލިބުނު ފަރާތްތަކަށް ހައުސިން މިނިސްޓްރީން ލިޔުމެއް ދޭން ނިންމައިފި

ޝަރުތު ހަމަވި ނަމަވެސް ގެދޮރުވެރިޔާ ސްކީމް އިން ފުރަތަމަ ދޫކުރާ 4000 ފްލެޓް ނުލިބޭ ފަރާތްތަކަށް ލިޔުމެއް ދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން ވަނީ މިއަދު ފްލެޓް ލިބޭ 4000 މީހުންގެ ތަފްސީލު އާންމު ކޮށްފައެެވެ.

ސޯޝަލް ހައުސިން ހޯދުމަށް ސަރުކާރުން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލީ 20،000 އަށްވުރެ ގިން މީހުންގެ ތެރެއިން 13،000 މީހުން ޝަރުތު ހަމަވެއެވެ. އެހެންނަމަވެސް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ހަވާލު ކޮށްގެން ހުޅުމާލެ 2 ގައި އިމާރާތް ކުރުމުގެ މަސައްކަތް ހިނގަނީ 4000 ފްލެޓްގައެވެ.

ހައުސިން މިނިސްޓްރީން ކޮަށްފައިވާ އިއުލާނުގައި ބުނީ، 4000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ނުހިމެނުނު ނަމަވެސް ޝަރުތު ހަމަވާކަމަށް ދާއިމީ ލިސްޓުގައި ހިމެނުނު ފަރާތްތަކަށް ސަރުކާރުން ހިންގާ އެހެނިހެން މަޝްރޫއުތަކުން ފްލެޓް ދިނުމަށް ނިންމާފައިވާ ކަމުގެ ލިޔުން އެ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ.

4000 ފްލެޓް ގެ ތެރެއިން ފްލެޓް ލިބެނީ ޝަރުތު ހަމަވެ، ދާއިމީ ލިސްޓުގައި ހިމެނުނު ފަރާތްތަކުގެ ތެރެއިން ތިން ކޮޓަރީގެ އެޕާރޓްމެންޓް ލިބެނީ 76 ވުރެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކަށެވެ. ދެ ކޮޓަރީގެ އެޕާރތްމެނޓް ލިބެނީ 73 އަށް ވުރެ ގިނަ ޕޮއިންޓް ލިބޭ ފަރާތް ތަކަށެވެ.

ކޮމެންޓް
ކިޔުންތެރިއެއް
ތިބޭފުޅުން ޕޮއިންޓް ދެއްވާއުސޫލެއް ރަނގަޅަކައް ސާފެއްނުވޭ
04 Nov 2023
މުހައްމަދު
މިނިސްޓްރީގެ ޕޯޓަލް އިން އަންގާ އެންގުމަށް ގާނޫނީ ހައިސިއްޔަތު ލިބެނީ ކޮން ގާނޫނަކުން.؟ އެޕޯޓަލް އިން ކުރިން ބައެއްމީހުންނަށް ދިން ޖަވާބް މިހާރު ފެންނާކަށް ނެތް.
05 Nov 2023
ދަޱިމާރު
ﷲދެނެވޮޱިގެން ވާނީ މިމީހުން މި ޖެހި ސަކަރާތެްއް... މާކްސް ދިނީ ކޮންގޮތަކަށް ބަލާފަ... ދިރިއުޅުމުގެ ހާލަތު ނުބަލާ މަރކްސް ދެވޭނެ ކަމަކަށް ޤަބޫލެއް ނުކުރަން.
05 Nov 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.