އިލްޔާސް ލަބީބް/ ފޮޓޯ: ސަން އޮންލައިން
ހަބަރު
06 Nov 2023 | 12:35
އެމްޑީޕީން އެޕާޓީ މެމްބަރުންނަށް ބިރު ދައްކައިގެން މަސައްކަތް ކުރުވާކަން އެނގޭ: އިލްޔާސް

އެމްޑީޕީ މެމްބަރުންއެކި ގޮތް ގޮތަށް ނުފޫޒު  ފޯރުވައިގެން މަސައްކަތް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސް ލަބީބް މިފަދައިން ވިދާޅުވެފައި ވަނީ ސަންގުޓީވީ ގެ ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން އޭނާ ވިދާޅުވެފައި ވަނީ މަޖިލިސް މެމްބަރުންގެ މަސައްކަތް ތަކަށް ނުފޫޒު ފޯރުވާ ކަމަށް ސާފުކޮށް މެމްބަރުން ވިދާޅުވެފައި ވާކަމަށާއި އަދި ރައީސް ނަޝީދު އަރިހުގައިވެސް ބައެއް ބޭފުޅުން މިފަދައިން ވިދާޅުވެފައި އެބަހުރި ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ މެމްބަރުން ބްލެކްމެއިލް ކޮށްގެން މަސައްކަތް ކުރާކަން އަދި ބިރު ދައްކައިގެން މަސައްކަތް ކުރާކަން. ބައެއް މެމްބަރުންގެ މައްސަލަ ތައް ފުލުސް އޮފީހުގައި، ބައެއް މެމްބަރުންގެ މައްސަލަތައް ކޯޓުގައި އަދި އެކި އެކި ތަންތަނުގައި އެބަހުރި." 

އިލްޔާސް ލަބީބް ވިދާޅުވިއެވެ.

މިއީ ވަރަށް ނުބައި ކޮށް، ނާޖާއިޒު ގޮތެއްގައި ކުރާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ ނުބައި ނިޔަތެއް ގައި ކުރާކަންކަމަށް އެއްބާރުލުން ދޭން ނުފެންނަ ކަމަށް ވެސް އިލްޔާސް ލަބީބު ވަނީ މި ޕްރޮގްރާމް ގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

މީގެ އިތުންވެސް އިލްޔާސް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ ބެލުމުގައި އެއްވެސް ރޭވުންތެރިކަމެއް ނެތް ކަމަށާއި މިއީ މި މައްސަލަ ހުށައެޅި ދެވަނަ ފަހަރު ކަމަށާއި ފުރަތަމަ ފަހަރު މައްސަލަ ހުށައެޅި އިރު، ކުރިމަތިވި މައްސަލަތަކަށް ބެލުމެއް ނެތްކަމަށެވެ. އަނެއްކާވެސް އެމައްސަލަ ދިމާވާނެކަން އެނގި ތިބެ، ކޯޓަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީން ދިއުމަކީ ދަންނަ ކަމެއް ނޫންކަމުގައިވެސް އިލްޔާސް ފާހަގަ ކުރެއްވިއެވެ.

ވަކި ވަކި މެމްބަރުންނަށް ތަދައްހުލް ނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުން ދަ ޑިމޮކްރެޓްސް އަށް އެންގުމުން ޕާޓީގެ ފަރާތުން ތަދައްހުލް ވުމަށް ހުރިހާ ލިޔެކިއުންތަކެއް ކޯޓަށް ހުށައަޅާފައި ވާނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް މައްސަލައިގް އަޑު އެހުން މިއަދު ހެނދުނު 10 ޖެހިއިރު ވަނީ ސުޕްރީމް ކޯޓުގައި ފެށިގެން ގޮސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.