ގއ.ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމް/ ފޮޓޯ: ސީއެންއެމް
ހަބަރު
06 Nov 2023 | 13:11
ގއ.ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒް މުހައްމަދު އިބްރާހީމް ސަސްޕެންޑް ކޮށްފިއެވެ.

ދިވެހި ރާއްޖޭގެ ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ،މުހައްމަދު އިބްރާހީމް ސަސްޕެންޑް ކޮށްފައިވަނީ ކޯޓަށް ހުށައެޅޭ މައްސަލަތައް ދިރާސާ ނުކުރާކަމާއި މައްސަލަތަކުގެ ހުކުމާއި، މައްސަލަތަކާއި ގުޅޭ ރިޕޯޓު ތައްޔާރު ކޮށް ކޯޓުގެ މުވައްޒަފުން ހުށައަޅާފައި ނުވުމާއި އެކު، އެ ކޯޓަށް ހުށައެޅޭ މައްސަލަތަކަށް ގިނަ ދުވަސްވެ އެމައްސަލަ ތަކަށް މުހައްމަދު އިބްރާހީމް އިހުމާލު ވެފައި ވާތީކަމަށެވެ.

މީގެ އިތުރުންވެސް ކޯޓުގެ ވާހަކަ ތަކާއި ކޯޓަށް ހުށައެޅޭ މައްސަލަތަކުގެ ވާހަކަ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކޯޓުން ބޭރުގައި ދައްކާކަން ކޮމިޝަން ގެ ތަހުގީގަށް ސާބިތުވެފައިވާކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިއަމަލު ތަކަކީ،ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ޚިލާފަށް ކޮށްފައިވާ އަމަލު ތަކެއްކަން ޖުޑީޝިއަލް ސާވިސް ކޮމިޝަން އިން ވަނީ ފާހަގަ ކުރައްވާފައެވެ.

ޖޭއެސްސީން މުހައްމަދު އިބްރާހީމް ސަސްޕެންޑް ކޮށްފައި ވަނީ ދެ ހަފްތާގެ މުއްދަތަކަށެވެ. މަސައްކަތަށް ނުކުތުން މަނާ ކޮށްފައިވާ މި ދެހަފްތާގައި, މުސާރަ އާއި އިނާޔަތް ނުދޭގޮތަށް ވަނީ އެ ކޮމިޝަނުން ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.