ކްރޮސްރޯޑްސް އާއި ނިޔާމަ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
06 Nov 2023 | 20:56
ޕެނަލްޓީގައި ނިޔާމަ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކްރޮސްރޯޑްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ސެމީ ފައިނަލުގައި މިއަދު ހަވީރު ކްރޮސްރޯޑްސް މޯލްޑިވްސް އާއި ނިޔާމަ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސް ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 6-4 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ފައިނަލުން ކްރޮސްރޯޑްސް ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ ރިސޯޓް ސްޕަރ ލީގުގައި 6 ޓީމު ވާދަކުރިއިރު، މިމުބާރާތުގެ ކުއާޓާ ފައިނަލުގެ ތިން މެޗު ވެސް ކުޅެފައި ވަނީ ހޯމް އެންޑް އަވޭގެ އުސޫލުން ނެވެ. އަދި ކުއާޓާ ފައިނަލުގެ ތިން މެޗުން މޮޅުވާ ތިން ޓީމުގެ މެދުގައި ގުރުއަތު ހޮވޭ ޓީމަކަށް މުބާރާތުގެ ފައިނަލުން ޖާގައެއް ލިބުނުއިރު، އެފުރުސަތު ލިބުނީ ޖޯލި މޯލްޑިވްސް އަށެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ނިޔާމަ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އާލިމް އަލީ އެވެ. މިއީ އެޓީމުގެ އަހުމަދު ވިސާމް މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ކްރޮސްރޯޑްސްގރ ޕެނަލްޓީ އޭރިއާ ތެެރެއިން މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް އޭގެ ހަ މިނެޓް ފަހުން ކްރޮސްރޯޑްސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިސްމާއިލް ވަހީދު އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ނިޔާމަ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާމިލް އަލީ އެވެ. މިއީ ކްރޮސްރޯޑްސްގެ ހާފު މެދެންހާ ހިސާބު އަރިމަތީ ރޮނގުމަތިން އެޓީމަށް ލިބުނު ޖެހުމެއްގައި ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ކްރޮސްރޯޑްސް އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އިސްމާއިލް ވަހީދު އެވެ. މިއީ ނިޔާމަ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ކައިރީގައި ތިބި ދެކުޅުންތެރިން ކައިރިން ނައްޓާލުމަށް ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ކްރޮސްރޯޑްސް އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިިން ހަސަން ލައުހް، ނޫހް އިބްރާހިމް، އިސްމާއިލް ވަހީދު އަދި އަހުމަދު މައިޝަންގެ ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު، އެޓީމުގެ ޝިފާޒު އާދިލް ކުރިއަށް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ނިޔާމަ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިިން އެޓީމުގެ އަހުމަދު އަޒީމް އަދި އަލީ ފަހުމީ ކުރިއަށް ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރު އިރު، އެޓީމުގެ މުހައްމަދު އަމީރު ކުރިއަށް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އެޓީމުގެ އާމިލް އަލީ ޖެހި ޕެނަލްޓީ ކްރޮސްރޯޑްސްގެ ކީއްޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-4 ގެ ނަތީޖާއަކުން ކްރޮސްރޯޑްސް ކުރީގައި އޮވެގެންނެވެ. 

މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކްރޮސްރޯޑްސްގެ އިސްމާއިލް ވަހީދު އެވެ. އަދި މުބާރާތުގެ ފައިނަލްގައި ކްރޮސްރޯޑްސް އާއި ޖޯލި މޯލްޑިވްސް ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ހަވީރު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jul 2026
ދަރިވަރުން ސްކޫލަށް ހާޒިރު ނުވުމުގައި ޒިންމާ ނަގާނީ ކޮން ބައެއް؟
އުނގެނުމާއި، އަޚުލާޤާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ އިތުރުން ދަރިވަރުންގެ ކާމިޔާބީ އަށްޓަކައި ޤަވަޢިދުން ސްކޫލަށް ޙާޒިރުވުމަކީ ނުހަނު މުހިންމު ކަމެކެވެ. ދަރިވަރުން ޤަވައިދުން ސްކޫލަށް ޙާޒިރުނުވާނަމަ، އޭގެ ނޭދެވޭ އަސަރުކުރަމުން ދަނީ ހަމައެކަނި އެ ދަރިވަރަށް އެކަންޏެއް ނޫނެވެ
03 Jul 2026
ކޮރްއޭޝިއާ ބަލިކޮށް ޕޯޗްގަލް ގަދަ 16 އަށް
މެޗު ނިމެން ދަނިކޮށް ފަހުވަގުތު ކޮރްއޭޝިއާއިން ވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ. ނަމަވެސް، ވީއޭއާރު (VAR) ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ
03 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކޮށްފި
ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއެވެ.
02 Jul 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަތުމަށް އެދި އިލްތިމާސްއެއް
ބަޔާނުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި، ފުރައްސާރަ ރައްދުވާފަދަ ބަހުރުވަ ބޭނުންކޮށް، އެފަރާތްތައް މުޖުތަމައުއިން އެކަހެރިކުރުވާފަދަ އަމަލުތައް ސޯޝަލް މީޑިއާގެ މަންސަހުތަކުގައި ދައުރުކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ މުޖުތަމައުއެއް ބިނާކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ
02 Jul 2026
އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި
".. 44 އިންސައްތަ ދަރިވަރުންނަށޭ އެކަށީގެންވާ މިންވަރަށް މިބައިން [އަތުލިއުމުގެ ބައިން] ސްކޯ ކުރެވެނީ,"
02 Jul 2026
ޒަކާތާ ގުޅުންހުރި ހަތަރު ފޮތެއް ނެރެފި
ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރެފި އެވެ.
02 Jul 2026
މި ދުވަސްވަރު 8،000އެއްހާ ދަރިވަރުން ސުކޫލަށް ނުދޭ، ވަޒީރުގެ ކަންބޮޑުވުން
"އަޅުގަނޑަށް އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އެކަށެއްކަހާސް ދަރިވަރުން ސުކޫލަށް ނުދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަން ހައްލުވާން ޖެހޭ,"`
02 Jul 2026
ޔޫޒާނޭމް ބޭނުންކޮށްގެން ވަޓްސްއަޕްއިން މުޢާމަލާތްކުރެވޭ ފީޗަރ މަޑުޖައްސާލުމަށް
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މިދިޔަ ބުދަ ދުވަހު ވަޓްސްއަޕަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައިވަނީ، ކުށްވެރިން އެމީހުންގެ އަސްލު ފޯނު ނަމްބަރު ފޮރުވައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު މި ފީޗަރގެ ސަބަބުން ބޮޑުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، މާލީ މުއައްސަސާތަކުގެ ނަމުގައި ފޭކް ޔޫޒަރނޭމްތައް ހަދައިގެން އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.