އިސްލާމީ މަރުކަޒު/ ފޮޓޯ: ޕީއެސްއެމް ނިއުސް
ހަބަރު
06 Nov 2023 | 22:25
ހުވާ ކުރާ ދުވަހު އިސްލާމީ މަރުކަޒުގެ އެއްބައި ބަންދުކުރަނީ

މި މަހުގެ 17 ވާ ނޮވެމްބަރު ދުވަހަކީ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ޑރ.މުހައްމަދު މުއިއްޒު ޖުމްހޫރީ މައިދާނުގައި ހުވާ ކުރއްވާ ދުވަހަށް ވާތީ، ޖުމްހޫރީ މައިދާނާއި ވީ ފަރާތުން އިސްލާމީ މަރުކަޒަށް ވަދެވެން އޮންނަ މަގު ބަންދުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މިއަދު ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ 17 ނޮވެންބަރު ވާ ހުކުރު ދުވަހުގެ އަޞްރު ނަމާދާއި މަޣްރިބް ނަމާދަށް މަސްޖިދުލް ސުލްޠާން މުހައްމަދު ތަކުރުފާނުލް އައުޡަމްއަށް ވަޑައިގަންނަވާ ބޭފުޅުން ބޭނުންކުރައްވަން ވާނީ މެދުޒިޔާރަތް މަގާއި ދިމާލުގައިވާ އިސްލާމީ މަރުކަޒުގެ ދެކުނު ފަޅި ކަމަށެވެ. މިއީ ކުރީގައި ދިރާގުގެ މައި އޮފީސް ހުރި ފަޅި އާއި އަދި އިރުމަތީ ފަރާތު ނޭޝަނަލަ އާޓް ގެލެރީ ހުންނަ ފަޅިއެވެ.

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒާއި ނައިބު ރައީސް އަލް އުސްތާޛު ހުސައިން މުހައްމަދު ލަޠީފް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ 17 ނޮވެންބަރު ވީ ހުކުރު ދުވަހުގެ 4:45 ގައި ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތަށް އަށް ރާއްޖެ އާއި ގާތް ގުޅުން އޮންނަ ވަރަށް ގިން ގައުމު ތަކަކަށް ދައުވަތު ދެވިފައި ވާއިރު ރަސްމިއްޔާތަށް ވާން ޖެހޭ ތައްޔާރިތައް ފެށިފައި ވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.