ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސަށް ރައީސް ނަޝީދު ދުބާއީއަށް
ގްލޯބަލް ސިޓިޒަން ޝިޕް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތިންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ދުބާއީއަށް ވަޑައިގެންފިއވެެ.
ރައީސް ނަޝީދުގެ އޮފީހުން ނެރެފަިއިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދު 17 ވަނަ ގްލޯބަލް ސިޓިޒަން ޝިޕް ކޮންފަރެންސްގައި ބައިވެރިވެވަޑަިގަތުމަށް މިއަދު ފުރާވަޑައިގަނެފައިވާ ކަމަށެވެ. އަދި އެކޮންފަރެންސް ކުރިއަށް ދާނީ މިމަހުގެ 8 ކުން 10 އަކަށް ކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މިކޮންފަރެންސް ގައި ދުނިޔެއަށް އަންނަ ބަދަލުތަކާއި ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވޭނެކަމަށް އެބަޔާނުގައި ބުނެފައިވެއެެވެ
މީގެއިތިިުރުން އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމާއި ޤައުމުތަކުގެ ތަރައްޤީއާއި ޓެކްނޮލޮޖީގެ ދައުރު އަދި ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއްވާ ޖަޒީރާ ޤައުމުތަކަށް ލިބިދާނެ ގެއްލުންތަކާއި އެކަންކަމަށް ހޯދޭނެ ހައްލުތަކާއި ގްލޯބަލް ސިޓިޒަންޝިޕްގެ ޤާނޫނު ތަކާއި ޤަވާއިދު ތަކާއި ބެހޭ އޮނިގަނޑު އެކުލަވާލުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެެވެ.
ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11ވަނަ ދުވަހުގައި ކަމަށްވެސް އެމަނިކުފާނުގެ އޮފީހުން ބުނެފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists