ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހަބަރު
07 Nov 2023 | 22:45
ކެމިކަލް ހުރުމުގެ ސަބަބުން ރޯގާއަށް ދޭ ސިޓްރިޒަނެއް ވިއްކުން މަނާކޮށްފި

ހުމާއި ރޯގާ އަށް ބޭނުންކުރާ ސިޓްރިޒަން ސިރަޕްގައި ކެމިކަލް މާއްދާއެއް ހުރުމުން، އެ ބޭސް ރާއްޖޭގައި ވިއްކުން އެމްއެފްޑީއޭ އިން މަނާކޮށްފި އެވެ.

މިއަދު އެމްއެފްޑީއޭ އިން ނެރުނު އެލަރޓް ގައި ވަނީ ކެއްސުމާއި ހުން އަދި ރޯގާ އަށް އޮކްޓޯބަރު، 2022 އިން ފެށިގެން ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެލާޓް ނެރެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ރާއްޖެ އިން ވެސް ރެންޑަމް ސާމްޕަލް ނަގައި ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަކު، އެ ޓެސްޓު ރާއްޖޭގައި ހެދޭނެ ގޮތެއް ނެތުމުން ބޭރަށް ފޮނުވައިގެން ޓެސްޓު ހަދަން ހަމަޖައްސާފައިވާ ކަމަށް  އެމްއެފްޑީއޭ އިން ބުންޏެވެ.

މި އަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގައި ސްކްރީން ކުރިއިރު، ޕާކިސްތާނުގެ ފާމިކްސް ލެބޮރަޓޮރީން އުފެއްދި ސިޓްރިޒެންގެ B220 ބެޗުގައި އެ ކެމިލަކް ހުރިކަން ކަށަވަރުވެފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

މި ދެ ކެމިކަލަކީ ނެފްރޯޓޮކްސިން އަކަށް ވާތީ ހަށިގަނޑަށް އެތެރެ ވެއްޖެނަމަ  މިއީ  ހަށިގަނޑުގައިވާ ގުނަވަންތަކުގެ މަސައްކަތް ތަކަށް ބުރޫ އަރާނެ ފަދަ ނުރައްކާތެރި ކެމިކަލް ތަކެކެވެ. އެހެންނަމަވެސް މިއީ ފަސޭހައިން ލިބެން ހުންނަ، އަގު ހެޔޮ ކެމިކަލަކަށް ވާތީ ބައެއް ބޭސް ތަކުގައި މި ދެ ކެމިކަލް ހިމަނާފައި ހުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.