ފަހި ދިރިއުޅުން ފްލެޓް. ފޮޓޯ: ދަ ޕްރެސް
ހަބަރު
08 Nov 2023 | 11:43
ފްލެޓް ތަކުގެ މައްސަލައިގައި 100 އަށް ވުރެ ގިނަ މީހުން އޭސީސީއަށް ސިޓީ ލައިފި

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ނެރުނު ލިސްޓާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް 100 ސިޓީ ހުށައަޅައިފިއެވެ.

ގެދޮރުވެރިޔާ ލިސްޓާއި ގުޅިގެން ހުރި ޝަކުވާ ތަކާއި ކަންބޮޑުވުންތައް ހިމެނޭ މި ސިޓީތައް އޭސީސީއަށް އާއްމުންގެ ފަރާތުން ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެކަމަށްޓަކައި ގިނަ ބަޔަކު ވަނީ އޭސީސީއަށް ގޮއްސައެވެ. 

4000 ފުލެޓް ލިބޭ މީހުންގެ ލިސްޓާއި ގުޅިގެން ނުރުހުން ފާޅުކޮށް މި ހަފްތާގެ އާދީއްތަ ދުވަހު ގިނަ ބަޔަކު ވަނީ ހައުސިންގ މިނިސްޓްރީއަށްވެސް ގޮސް އަޑު އުފުލާފައެވެ. 

އެއާއެކު މިހާރު ވަނީ ޕޯޓަލް މެދުވެރިކޮށް ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފުލެޓު ލިބުނު މީހުންގެ ނަންތައް ހޮނިހިރު ދުވަހު އިއުލާނު ކުރިއިރު، އެއިއުލާނުގައި ބުނެފައިވާ ގޮތުން ތިން ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށް ކަމަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބެނީ 73 އަށް ވުރެ ގިނައިން މާކްސް ލިބުނު މީހުންނަށް ކަމަށެވެ.

އެހެން ނަމަވެސް، ފުލެޓަށް އެދުނު މީހުންނަށް ޕޮއިންޓް ދީފައި ހުރިގޮތް ދެކޮޅު ނުޖެހޭ ކަމަށާއި، ޝަރުތު ހަމަނުވާ މީހުންނަށް ޝަރުތު ހަމަވާ މީހުންނަށް ވުރެ މަތިން މާކްސް ދީ ފްލެޓް ދީފައިވާ ކަަމަށްވެސް އެއްބަޔަކު ބުނެފައިވެއެވެ.

ކޮމެންޓް
ސަޖޯ
މައްސަލަބޮޑުވާނެތާ ހައުސިން ފްލެޓޭ ކިޔާފަ ލަގްޒަރީ ފެންވަރަށް ފުލެޓު އެޅީމާ. ކުރީ ސަރުކާރުގަ މުއިއްޒުމެން އެޅިކަހަލަ ހޮރުތަކެއް ހެދިނަމަ މައްސަލަޖައްސާނެ މީހަކު ނުވީސް.
08 Nov 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.