ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން-- ފޮޓޯ: ދުވަސް އެމްވީ
ހަބަރު
08 Nov 2023 | 13:28
ފަލަސްޠީން ރައްޔިތުންގެ ހައްގުތައް ދިފާއު ކުރަން ހުށަހެޅި ގަރާރު ހުއްޓުނީ މަޖިލިސް ހުއްޓުވީމަ: ސައުދު

ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ޚިލާފުވާ ފަރާތް ތަކަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

މިފަދައިން ސައުދު ހުސައިން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މީގެ އިތުރުން ވެސް ސައުދު ބުނެފައި ވަނީ  މަޖިލިސް ގަވާއިދު ބޭނުން ގޮތަކަށް މާނަކޮށް މަޖިލިސް ހުއްޓުވާފައި ބޭއްވުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދިފާއު ކުރުމަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ބަހުސް ކޮށް ފާސް ކުރަން ޖެހޭ ގަރާރުގެ މަސައްކަތް ހުއްޓުމަކީ ވެސް ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ އެތައް މަސައްކަތް ތަކެއް މިވަނީ ހުއްޓުމަކަށް އައިސްފައި. މަޖިލިސް ގަވާއިދުގައި މަޖިލިސް ހުއްޓުވާފައި ބޭއްވޭނެ އެއްވެސް ގޮތެއްނެތް." ސައުދު ކުރެއްވި ޓްވީޓްގައި ވެއެވެ.

މަޖިލިސް ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށާއި ޤާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވިލިނގިލި ދާއިރާގެ މެމްބަރު ވަނީ ގޮވާލައްވާފައެވެ.

ސައުދު މިހެން ވިދާޅުވެފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުގެ ސަބަބުން މަޖިލީހަށް ވަޑައިގަތުމަށް އުޒުރުވެރި ވާކަމަށް މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުالله ވަނީ މަޖިލީހުގެ އިދާރާއަށް ސިޓީއަކުން އަންގަވާފައެވެ. އެހެންނަމަވެސް މަޖިލީހުން މިއުޒުރު ގަބޫލު ނުކުރައްވާ ކަމަށް ބުނެ އީވާ އަށް ވަނީ ޖަވާބު ދާރީ ވެފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ އަޑު އެހުންތައް ވަނީ ސުޕްރީމް ކޯޓުން އިއްޔެ ނިންމަވާލައްވާފައެވެ. ދެން އޮންނާނީ އެ މައްސަލަ އަށް ހުކުމް ކުރެއްވުން ކަމަށް ސުޕްރީމް ކޯޓުން އެންގެވިއެވެ.

ކޮމެންޓް
ބަޗީ
އަމިއްލައަށް، މަތިވެރި މާތް ބައެއްކަމަށް ހެދިގެން، ޚާލިޤުވަންތަ ﷲ ގެ ޙުކުމްފުޅަށް ގޮންޖަހައި، އަމިއްލަ އެދުން އިސްކޮށްގެން ހެދި ގާނޫނުން، އަމިއްލައަށް ފޭހުނު އިލޮށިގަނޑު ލޮލަށް ހެރުމުން، މިހާރު ތަދުވާތީ އުޅޭނޭކަމެއް ނެތް.
08 Nov 2023
ގުޅޭ ލިޔުންތައް
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.