ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ ފައިސަލް
ހަބަރު
08 Nov 2023 | 15:28
ޑެންގީ އިތުރުވާތީ ސަމާލުވާންވީ ކަންތައްތައް ޑރ ފައިސަލް ކިޔައިދެއްވައިފި

ޑެންގޫ މަދިރި ހަފައިގެން ބާއްވަންޖެހޭ ކުޑަކުދިންގެ އަދަދު އިތުވަމުން ދާތީ ސަމާލުވާންވީ ކަންތައްތައް ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރު އަހްމަދް ފައިސަލް ވިދާޅުވެދެއްވައިފިއެވެ.

މިއަދު ޑރ.ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގައި އެކަނިވެސް ޑެންގޫ ޖެހިގެން 3 ކުއްޖަކު އެނދުމަތި ކުރި ކަމަށާއި މީގެ ތެރެއިން ދެ ކުއްޖަކީ ވިލިމާލެ ހޮސްޕިޓަލުން ފޮނުވާފައިވާ ދެކުދިން ކަމަށެވެ.

އެހެންކަމުން، ޑެންގީ ހުން ޖެހުމުން ސަމާލުވާންވީ ގިނަ ކަންކަން ޑރ. ވަނީ ފާހަގަކުރައްވާފައެވެ. 

ޑެންގޫ ހުމަކީ މަދިރީގެ ޒަރީއާއިން ޖެހޭ ވައިރަލް ހުމެކެވެ. މި ހުމުގައި އާންމުކޮށް ފެންނަ އަލާމާތް ތަކުގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި ހޮޑުލުން އަދި ގައި ހިރުވައި ތަންތަން ރަތްވެ ބިހި ނެގުން ހިމެނެއެވެ.

އެހެން ކަމުން ޑރ.އިރުޝާދު ދެއްވާފައިވަނީ ބަލި ވުމުން އަރާމުކޮށް، ގިނަ ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށެވެ. އަދި ހޮޑު ލެވޭނަމަ ކަރާފަނި ފަދަ ރަތް ކޮށް ހުންނަ، ނޫނީ މައިލޯ ފަދަ ކުލަގަދި ދިޔާތަކެތި ބުއިމުން ދުރުހެލި ވުމަށެވެ. ހަމައެހެންމެ އަދި ޕެރެސިޓަމޯލް ފިޔަވާ އެހެން ބޭހެއް ހުމަށާއި ގައިގައި ރިއްސުމަށް ބޭނުން ނުކުރުމަށް ވެސް އިރުޝާދު ދެއްވައެވެ.

މީގެ އިތުރުންވެސް ޑރ.ފައިސަލް ވަނީ ހުންމަޑުވާއިރުވެސް ބަލިހާލު ބޮޑުވެ ހޭވެރިކަން ނެތުމާއި، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭއައިސް ބިހި ނެގުމާއި އަތް ފައި ފިނިވެ ހަ ގަޑިއިރު ވާއިރުވެސް ކުޑަކަމު ނުދެވުން ފަދަ އެއްވެސް އަލާމާތެއް ކުރިމަތި ވާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.