އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް-- ފޮޓޯ/ އިންތިހާބީ ރައީސްގެ އޮފީސް
ހަބަރު
08 Nov 2023 | 16:30
އިންޑިޔާ ސިފައިން ތިބި އަދަދު އައު ސަރުކާރުން ހާމަކުރާނެ: ފިރުޒުލް

ދިވެހިރާއްޖޭގައި ގާއިމުވެތިބި އިންޑިޔާ ސިފައިންގެ އަދަދު އިންތިޚާބީ ސަރުކާރަށް އެނގުމާއެކު، އާއްމު ރައްޔިތުންނަށް އެކަން ހާމަކުރައްވާނެ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ. 

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި އަދަދާއި، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ސަރުކާރުން އިންޑިޔާއާއި އެކު ވެފައިވާ އެއްބަސްވުން ތަކުގައިވާ ކަންކަން އައު ސަރުކާރުން ހާމަކުރާނެތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ފިރުޒުލް ވިދާޅުވީ، ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި އަދަދާއި، އިންޑިޔާއެކު ވެފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ހާމަކޮށްދެއްވުމަކީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެ މައުލޫމާތު ތައް ހާމަ ކުރައްވާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ވެރިކަމެއްގައި، އެހެން ހުރި އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންތައްތައް އަދި ހަމައެހެންމެ އިންޑިޔާ ސިފައިން ތިބި އަދަދާއި ގުޅޭ މައުލޫމާތު އަޅުގަނޑުމެން ހާމަ ކުރާނެ. އެއީ ވަރަށް ސާފުކޮށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ކެންޕެއިން ތެރޭގައިވެސް ވިދާޅުވެފައި އޮތް ވާހަކަފުޅެއް. 

އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް 

ރާއްޖޭގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށް، އިންޑިޔާއާއެކު ވެފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަކުރުމަކީ އިމްތިޚާބީ ރައީސްގެ ވައުދު ފުޅެކެވެ.

އަދި މީގެ އިތުރުން އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވައިލެއްވުމަކީވެސް ރިޔާސީ އިންތިޚާބުގައި ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ އެންމެ މުހިއްމު އެއް ވައުދު ތެރޭގައި ހިމެނޭ ކަމެކެވެ.

އަދި އެ ވައުދު ފުއްދަވައި ރައްޔިތުންގެ ނިންމުން ތަންފީޒުކުރުމުގައި އިންޑިއާއިން އެހީތެރިކަން ދިނުމަށް އެމަނިކުފާނުވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރަމްގެ އަރިހުންވެސް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.