އޮމްބަޑްސްޕަރސަންގެ އޮފީހުގެ ބައްދަލު ވުމެއްގެ ތެރެއިން
ހަބަރު
08 Nov 2023 | 21:47
އޮމްބަޑްސްޕަރސަންގެ އޮފީހަށް އިތުރު 6 މަސް ދިނުމަށް އެދި ޕެޓިޝަނެއް ހުށައަޅައިފި

އޮމްބަޑްސްޕަރސަންގެ އޮފީހަށް އިތުރު 6 މަސް ދިނުމަށް އެދި އެ އޮފީހުގެ މުވައްޒަފުން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.

މި ޕެޓިޝަން ގައި ބުނެފައިވަނީ އޮފީހަށް މައްސަލަ ހުށައެޅުމަށް ހުޅުވާލެވުނީ 13 ޖޫން 2021 ކަަމަށް ވާއިރު، އޮފީހުގެ މުއްދަތު 17 ޑިސެންބަރު 2022 އަށް ހަމަވާއިރު ކޮވިޑް ގެ ހާލަތާއި ގުޅިގެން އޮފީހުގެ މަސައްކަތްތައް ފެށިފައިވަނީ ނޮވެންބަރު 2021 ހިސާބުގައި ކަމަށެވެ. އަދި 2022 ގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 އަށް އިތުރު ކޮށްދެއްވާފައި ވާ ކަމަށާ، ވުމާއެކު އޮފީހުގެ މުއްދަތު ހަމަވުމަށް ރަސްމީ ގޮތުން ހަފްތާއަކަށް ވެފައިވާ ކަމަށެވެ. 

ކަން މިހެން ހުރި އިރު، އެއޮފީހަށް މިހާތަނަށް ހުށައެޅުނު 489 މައްސަލައިގެ ތެރެއިން 170 ވަރަކަށް މައްސަލަ އަދިވެސް ނުނިމި އޮތް ކަމަށް އެ އޮފީހުން ފާހަގަ ކުރިއެވެ. 

އިތުރަށް އެ އޮފީހުން ބުނެފައިވަނީ އެތައް މައްސަލަ އެއް މީޑިއޭޝަންގެ މަރުހަލާގައި ވާއިރު، މީޑިއޭޝަން އަށް އަންނަން ޖެހޭ އެތައް މައްސަލަ ތަކެއް އޮފީހުގެ ބިއުރޯ ޕްރޮސެސްގައި ވާކަމަށެވެ. އެމައްސަލަތަކަކީ މީގެ އެތައް އަހަރެން ކުރިން ހިނގާފައިވާ މައްސަލަތަކަަކަށް ވާތީ އެމއްސަލަ ތަކާއި ގުޅޭ މައުލޫމާތު ތަހުގީގަށް ހޯދުމަށް ބަލާއިރު، އެއީ ގިނަ ދުވަސް ތަކެއްވީ ލިޔުމަކަށް ވާތީ ދައުލަތުގެ މުއައްސަސާ ތަކުން އެ ލިޔުންތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް ގިން ދުވަސްތަކެއް ނަގާކަން އެއޮފީހުން ފާހަގަ ކޮށްފައިވެއެވެ.

މި އެންމެހާ ކަންކަމަށް ރިއާޔަތް ކޮށް ރައީސް އޮފީހަށް އޮމްބަޑްސްޕަރސަންގެ އޮފީހުން ހުށައެޅި ޕެޓިޝަން އެދިފައި ވަނީ އެ އޮފީހުގައި މަސައްކަތް ކުރާ 36 މުވައްޒަފުންނަކީ ވަޒީފާ އާއި ގުޅިގެން ދައުލަތުގެ ތެރެއިން ގޮތް ތަކެއް ނިންމިގެންދާނެ ކަމުގެ އުންމީދެއް ދެވިގެން އެކަމުގެ ބަރޯސާގައި ތިބި މުވައްޒަފުން ކަމަށް ވެފައި، ކޮންމެ މުވައްޒަފަކީވެސް އާއިލާއެއް ބެލުމުގެ ޒިންމާ ނަގާ ބަޔަކަށް ވާތީ މުވައްޒަފުންނާއި ގުޅޭ ކަންކަމުގައި ފަހި ގޮތް ތަކެއް ހޯދުމަށްޓަކައި އެ އޮފީހަށް އަދި 6 މަސް ދުވަސް އިތުރު ކޮށްދިނުމެވެ.

އިންތިޤާލީ އިންސާފުގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވަނީ 17 ޑިސެންބަރު 2021 ގައެވެ.

ކޮމެންޓް
ނަޖުމާ
ތީ މިވައްޒަފުންނަށް ގޮތެއް ހޯދަން ހުށައެޅި ބަޔާނެއްނޫން. ނިހާޔަތުއަށް 30000 އޯޓީ އެކަނި އިން ގެއްލޭތީ ހުށައެޅި އެއްޗެއް. އޭނަ އަހަރުން ލައްވާ ކުރުވި ކަމެއް.
09 Nov 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.