ރާއްޖެގެ ރިސޯޓެއް. ފޮޓޯ: ފްރޮމްޓައިނީ އައިލްސް
ހަބަރު
09 Nov 2023 | 10:42
ރިސޯޓްތައް ތަރައްޤީއަށް ބަންދު ކުރެވޭ މުއްދަތު އިތުރުކޮށްފި

ރިސޯޓްތައް ތަރައްޤީއަށް ބަންދު ކުރެވޭ މުއްދަތު އިތުރުކޮށްފިއެވެ.

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީ ކުރުމަށް ދެއަހަރަށް ބަންދުކުރެވޭ ގޮތައް މިހާރު ވަނީ ބަދަލުކޮށްފައެވެ.

ކުރިން ރިސޯޓެއް އަލުން ތަރައްޤީ ކުރުމަށް ބަންދުކުރަން ހުއްދަ ދެނީ 18 މަސް ދުވަހަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ އެކަމާއި ގުޅޭ އެޤަވާއިދަށް ގެނައި އިސްލާހުގައި ބުނީ ރީޑިވެލޮޕްމަންޓަށް ތަނެއް ބަންދު ކުރެވޭނީ ގިނަވެގެން ދެ އަހަރު ދުވަހަށް ކަމަށެވެ.

ހަމަ އެހެންމެ މި ޤަވާއިދަށް އަމަލުކުރަން ފަށާއިރު، ރީޑިވެލޮޕްމަންޓަށް ބަންދުކޮށްފައިވާ ތަންތަން، ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، އިތުރު އެއް އަހަރު ދުވަހުގެ މުއްދަތެއް އެތަންތަން ރީޑިވެލޮޕްމަންޓް ކުރަން ދެވިދާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.

އަދި ދީފައިވާ މުއްދަތުގައި މަސައްކަތް ނުނިމޭ ހާލަތުގައި، ގަވާއިދުގައިވާ ގޮތަށް މަސައްކަތް ނިންމުމަށް އިތުރު ޕީރިއަޑް އިތުރުކޮށް ދިނުމުގެ އިޚްތިޔާރު ވެސް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މި އިސްލާޙުގައި ބުނެފައިވާ ގޮތުން މުއްދަތު އިތުރު ކުރުމުގެ ކުރިން، ތަން ބަލާ ފާސްކޮށް، މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން ތަނުގައި ތިބިކަން ޓޫރިޒަމް މިނިސްޓްރީން ކަށަވަރުކުރަން ޖެހޭނެ ކަމަށާއި މަސައްކަތް ނިމިފައިވާ ގޮތް ބަޔާންކޮށްދޭ ރިޕޯޓެއް ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިފައިވާ އިންޖިނިއަރެއްގެ ސެޓިފިކެޓަކާއެކު ހުށަހެޅަންޖެހޭނެ އެވެ.

ހަމަމިއާއި އެކު ކޯޓު ހުކުމަކާ ނުވަތަ ކޯޓު އަމުރަކާ ގުޅިގެން، ތަނަކާ ގުޅުން ހުރި ހައްޤުތައް އެހެން ފަރާތަކަށް ބަދަލުވާ ހާލަތުގައި، އެ ތަނެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދޭނެ އެންމެ ދިގު މުއްދަތު ގުނަން ފަށާ ތާރީޚަކީ އެ ތަނަކާ ގުޅުން ހުރި ހައްޤުތައް ބަދަލުކޮށްފައިވާ ތާރީޚު ކަމަށް އެއިސްލާޙުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.