ޘާބިތު ހައްޖު ޢުމްރާ ގުރޫޕުގެ ޖުލައި މަހުގެ ޢުމްރާ ދަތުރެއްގެ ތެރެއިން--ފޮޓޯ/ ޘާބިތު ހައްޖު އެންޑު ޢުމްރާ
ހަބަރު
09 Nov 2023 | 15:27
ޘާބިތު ހައްޖު ޢުމްރާ ގުރޫޕުގެ ރަމަޟާން އުމްރާ 2024؛ މުޅި ރަމަޟާން މަސް އެއްކޮށް އަޅުކަމުގައި!

ޘާބިތު ހައްޖު އެންޑް އުމްރާ ގްރޫޕާއެކު، ކުރިއަށް އޮތް 2024 ވަނަ އަހަރު ނުވަތަ ހިޖުރީ ގޮތުން 1445 ވަނަ އަހަރުގެ ރަމަޟާން މަހުގައި، އުމްރާގެ އަޅުކަން އަދާ ކުރަން ދިޔުމުގެ ފުރުސަތު، ހާއްސަ ޑިސްކައުންޓްތަކާއިއެކުގައި ހުޅުވައިލައިފިއެވެ.

ޘާބިތު ހައްޖު އެންޑު ޢުމްރާ ގުރޫޕުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 2024 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އެ ގުރޫޕުން ރާވަފައިވާ އެއް ޢުމްރާ ދަތުރަކީ 14 ދުވަހުގެ ދަތުރެއް ކަމަށެވެ. އެ ޢުމްރާއަށް އެ ގުރޫޕުން ކަނޑައަޅާފައިވާ އަގަކީ 28,000 ރުފިޔާއެވެ. އަދި މި ޑިސެމްބަރ މަހުގެ ނިޔަލަށް ފައިސާ ދައްކާނަމަ ޚާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް ބުނެފައިވެއެވެ. 

މާރިޗުގެ މި ކުރި ޢުމްރާ ދަތުރުގެ އިތުރުން މުޅި ރަމަޟާން މަސް އެއްކޮށްވެސް ޘާބިތުވެ ޢުމްރާ ދަތުރެއް މިފަހަރުވެސް ވަނީ ހަމަޖައްސާފައެވެ. އެ ޢުމްރާއަށް އެ ގުރޫޕުން ކަނޑައަޅާފައިވާ އަގަކީ 43,500 ރުފިޔާއެވެ. 44 ދުވަހުގެ މި ޢުމްރާ އަށް ފުރުމަށް ހަމަޖެހިފައިވަނީ 8 މާރިޗުގައެވެ. އަދި އެނބުރި އައުމަށް ހަމަޖެހިފައިވަނީ 20 އޭޕްރީލްގައެވެ. މި ޢުއްރާއަށް 50 ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު މިހާރު ބާކީ އޮތީ 15 ޖާގަ ކަމަށް އެ ގުރޫޕުން މައުލޫމާތު ދެއެވެ. 

މުޅި ރަމަޟާން އެއްކޮށް އިންނަ މި ޢުމްރާގެ އިތުރުން ރަމަޟާން މަހުގެ ފަހު 19 ދުވަހާއި، 6 ރޯދަ ހިމެނޭހެން 29 ދުވަހުގެ ޢުމްރާ ދަތުރެއްވެސް ޘާބިތުން ވަނީ ރާވާފައެވެ. 39,500 ރުފިޔާގެ މި ދަތުރަށްވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 ޖާގަ ކަމަށާ، އުމްރާއަށް ފުރުމަށް ހަމަޖެހިފައިވަނީ 22 މާރިޗުގައި ކަމަށް ޘާބިތުން ބުނެއެވެ. 

މި ދަތުރުގައި އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ޢުމްރާ ވިސާއާއި މައްކާއާއި މަދީނާގައި ތިބުމާއި، ދިވެހި ވަންތަ ކެއުމާއި ބުއިން ހަމަޖައްސައިދިނުމުގެ އިތުރަށް، ޢުމްރާއަށް ތައްޔާރުކޮށްދިނުމަށް ބޭނުންވާ ތަމްރީނާއި، ދުޢާ ކާޑާއި، މައްކާއާއި މަދީނާއަށް ޒިޔާރާތްކުރުމުގެ ދަތުރެއް ހިމެނެއެވެ.

މީގެ އިތުރުން ތިން ޢުމްރާކުރުމުގެ ފުރުސަތާއި، ހަރަމްފުޅާ ކައިރިން ހޮޓާ ފޯރުކޮށްދިނުމުގެ އިތުރަށް އެ ދަތުރުގެ ބައިވެރިންނަށް އެ ގުރޫޕުން އިހުރާމު އަދި ފައިވާންލާ ދަބަސް ވެސް ފޯރުކޮށްދެއެވެ. 

އެ ޚިދުމަތްތަކުގެ އިތުރުން، ޖިއްދާ ދަތުރަކާއި އަދި އަގީގާއާއި ޞަދަޤާތުގެ ގޮތުގައި ބަކަރި ކަތިލުންވެސް ކުރިއަށް ދާނެ ކަމަށް އެ ގުރޫޕުން މައުލޫމާތު ދެއެވެ.

އުމްރާ ދަތުރު ތަކަށް ރަޖިސްޓަރީކުރައްވައި ޖާގައެއް ކަށަވަރުކުރެއްވުމަށް ދައްކަވަންޖެހޭނީ 5،000 ރުފިޔާއެވެ. އަނެއްބައި ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު އޮތް ކަމަށް ޘާބިތުން މައުލޫމާތު ދެއެވެ. 

މި ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު އޮޅުންފިލުއްވުމަށް ބޭނުންފުޅުވާ ބޭފުޅުން 7907074 ނުވަތަ 9402423 ނަންބަރަށް ގުޅުއްވުމުން އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ޘާބިތު ހައްޖު އެންޑް އުމްރާ ގްރޫޕުން، ހުއްދަ ލިބިގެން، މި ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުއެވެ. އެކުންފުނިން މި އަހަރު ނިމުމުގެ ކުރިން ވެސް، އުމްރާގެ ދެ ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Aug 2026
ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ލ އަތޮޅަށެވެ.
10 Aug 2026
އަހަރެމެންނަށް އަވި ބޭނުންވަނީ ކިހާމިންވަރަކަށް؟
ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި "މެދުމިނުގެ" މިންވަރަކަށް އަވީގައި އުޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށާއި، ވިޓަމިން-ޑީ ލެވެލް މަތިކުރުމަށާއި، ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން ރާއްޖެ ފަދަ އަވިގަދަ ގައުމެއްގައި، އަވީގެ ނުރައްކަލުން ސަލާމަތްވެ ހުރެ، އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދޭނީ ކިހިނެއްތޯ ބަލާލުމަކީ މުހިންމު ކަމެކެވެ.
10 Aug 2026
އެމެރިކާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލެއް ނުކުރި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން ގަބޫލުނުކުރާނެކަން އިިއުލާންކޮށްފިއެވެ.
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ