އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދެވުނު އިންޑިޔާ އައުޓް ހަރަކާތުގެ ތެރެއިން-- ފޮޓޯ/މިހާރު
ހަބަރު
09 Nov 2023 | 14:32
އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރަން ނިންމީ ރަނގަޅަށް ނޫންކަމަށް ހައި ކޯޓުން ހުކުމްކޮށްފި

ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނާ އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

އިންޑިއާ އަސްކަރިއްޔާއިން ހަދިޔާކޮށްފައިވާ އުޅަނދުތައް އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން ހިމެނޭހެން ރާއްޖޭގައި ހަރަކާތްތެރިވާ ސިފައިންގެ ޖުމުލަ އަދަދާއި އެ ސިފައިންނަށް ދިވެހި ދައުލަތުން ކުރާ ހަރަދުގެ ތަފްސީލް ހޯދުމަށް އެދި "ދިޔަރެސް" ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން، އެންމެ ފުރަތަަމަ ހުށަހެޅީ ޑިފެންސް މިނިސްޓްރީއަށެވެ. 

އެހެންނަމަވެސް އެ މައުލޫމާތު ހާމަކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ބުނެ އެ މިނިސްޓްރީން މައުލޫމާތު ހާމަ ނުކުރުމުން އަޒާން ވަނީ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައެވެ. އެ އޮފީހަށް މައްސަލަ ހުށަހެޅުމުން އެ މައުލޫމާތަކީ ހާމަކުރަންޖެހޭ މައުލޫމާތެއް ނޫންކަމަށް ނިންމުމާ ގުޅިގެން މައްސަލަ ހައިކޯޓަށް ހުށަހެޅީވެސް އަޒާނެވެ. 

މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން ޝަހީދު އިއްވެވި ހުކުމުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި އެ މައްސަލާގައި އެ މައުލޫމާތަކީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތެއް ކަމުގައި ބަލައި ހާމަކުރަންނުޖެހޭނެކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވަނީ، ޤާނޫނުގައި ބަޔާންކުރާ އިޖުރާއާތުތަކާ އުސޫލުތަކާ ޚިލާފަށެވެ.

އަދި ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތެއް ކަން ކަނޑައެޅުމުގެ ކުރިން ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތަކެއް ހިމެނޭ ކަމާއި، އެ އިޖުރާއަތްތައް ކުރިއަށް ގެންދަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ގާނޫން ލިބިދޭ ބާރުތަކެއް ވެސް ހިމެނޭ ކަމަށާ، އެއިން އެއްވެސް ބާރެއް ބޭނުން ނުކޮށް، ހަމައެކަނި ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފްއާއެކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި ސިއްރު ބައްދަލުވުމެއްގައި ދިން މައުލޫމާތަކަށް، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ކަނޑަނޭޅޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބުނެ މައުލޫމާތެއް ހިފަހައްޓާނަމަ އެ މައުލޫމާތެއް ހާމަކުރުމުން ގެއްލުމެއް ލިބުމުގެ އިހުތިމާލު އޮތްކަން އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ހަމަބުއްދިން ޤަބޫލުކުރެވޭ މިންވަރަށް އެކަން ސާބިތުކޮށްދިނުމަކީ ކުރަންޖެހޭނެ ކަމެއް ކަމުގައި ފަނޑިޔާރު ޝަހީދު ވިދާޅުވިއެވެ.

އެހެންނަމަވެސް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމަށް ވާސިލުވި ސަބަބުތައް އެކަށީގެންވާ ވަރަށް ތަފްސީލުކޮށް، މައުލޫމާތަށް އެދިފައިވާ ފަރާތަށް ހިއްސާކޮށްދީފައިނުވާ ކަމަށް ހައިކޯޓުގަ ހުކުމުގައި އެވެ.

އެހެންކަމުން މި މައްސަލައަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަލުން ގޮތެއް ނިންމަން ޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި، އެ ކޮމިޝަނަށް ހުށަހަޅައިފިނަމަ އެ މައްސަލަ އިޖުރާއަތްތައް ފުރިހަމަކޮށްގެން ބެލުމަށް ހައިކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ކޮމެންޓް
އަތްބާނާ
މިހާރު ކާކު މިއުޅެނީ ފަނޑިޔާރުގެއަށް އަތްބާނަން. މިހާރު ހުރިހާކަމެއް އެކޮޅުކޮޅުން ޖެހެނީ އުތަ؟
09 Nov 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް