ރާއްޖެ އެތެރެކޮށް ބޭނުން ކުރުމާއި ވިއްކުން މަނާކުރި ޕެރެސެޓްމޯލް.
ހަބަރު
09 Nov 2023 | 15:08
ކުޑަކުދިންނަށް ދޭ ޕެރެސެޓްމޯލް ބޭހެއް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފި

ކުޑަކުދިންނަށް ދޭ ޕެރަސެޓްމޯލް ބޭހެއް ރާއްޖެ އެތެރެކުރުމާއި ބޭނުން ކުރުން އަދި ވިއްކުން މިއަދު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެމްއެފްޑީއޭ އިން މިކަމާއި ބެހޭގޮތުން ބުނީ ރާއްޖޭގެ ބާޒާރުގައި މިވަގުތު ހުރި މި ބޭހުގެ ފެންވަރުގެ މައްސަލަތަކެއް އުޅޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ބޭހުގެ ކުލަ ބަދަލުވެ، ގަނޑުވެފައި ހުރުން ފަދަ މައްސަލަތައް ފާހަގަވެފައިވާތީ ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އެ އިދާރާ އިން ބުނީ ބޭހުގެ ކުލަ ބަދަލުވެ، ގަނޑުވެފައި ހުރުން ފަދަ މައްސަލަތައް ފާހަގަވެފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާތީ އެ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

މިބޭހަކީ ކެލްޕޮލް ޕީޑިއެޓްރިކް ޑްރޮޕްސް (100 އެމްއެލް) އެވެ. މިއީ އިންޑިއާގައި އުފައްދާ ބޭހެކެވެ.

އެމްއެފްޑީއޭ އިން މި ހަފްތާ ވަނީ ކުޑަކުދިންނަށް ދޭ ރޯގާ ބޭހެއް ވެސް މަނާކޮށްފަ އެވެ. އެ ބޭސް މަނާކުރީ އެ ބޭހުގެ ބެޗެއްގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއެތިލީން ގްލައިކޯލް (ޑީއީޖީ) އަދި އެތިލީން ގްލައިކޯލް (އީޖީ) އެކުލެވިގެންވާ ކަމަށް، ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާތީ ކަމަށް އެމްއެފްޑީއޭ އިން މައުލޫމާތު ދީފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.