ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް
ހަބަރު
10 Nov 2023 | 08:38
މުއިއްޒު ހުވާ ކުރައްވާ ޖަލްސާގައި ނަޝީދު ރިޔާސަތު ބަލަހައްޓާނަމަ އިހުތިޖާޖު ކުރާނަން: ނިޔާޒު

އިންތިޚާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވާނަމަ ލ އެމް.ޑީ.ޕީ މެންބަރުން އިހުތިޖާޖު ކުރައްވާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

މިފަދައިން އަލީ ނިޔާޒް ވިދާޅުވެފައި ވަނީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

"ސުޕްރީމްކޯޓުގެ ހުކުމާއެކު އިންތިޚާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަނީ މަޖްލިސް މެމްބަރުންގެ އިތުބާރުނެތް ރިޔާސަތެއް ކަމުގައިވާނަމަ އެކަމަށް އެމް.ޑީ.ޕީ އިން އިހުތިޖާޖު ކުރާނެ." ނިޔާޒް ވިދާޅުވިއެވެ.

އަދި މި އިހުތިޖާޖު ކުރާނެ ގޮތުގެ ތަފްސީލް ނިންމާނީ އެމް.ޑީ.ޕީ ޕީޖީ އިން ކަމަށް ވެސް އަލީ ނިޔާޒް ކުރެއްވި ޓްވީޓްގައި ވެއެވެ.

ނިޔާޒް ގެ އިތުރުންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނިކޮށް، އެ މައްސަލަ ނުނިންމައި، ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންތިޚާބީ ރައީސް ހުވައިކުރައްވާނަމަ، މަޖިލިސް މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުން ހުވައި ބަލައިނުގަންނާނެކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވެސް ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުނު ނަމަވެސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމަށް ހުރަސްއެޅިގެން ނުވާނެ ކަމަށް ނިންމައިފައެވެ.

މީގެ ކުރިން ހުވާކުރުމުގެ ޖަލްސާއަަށް ހުރަސް އެޅުމުގެ ރޫހު އެމްޑީޕީގެ ޕީޖީން ނުގެންގުޅޭކަމަށް އަސްލަމް ވިދާޅުވި ނަމަވެސް އޭރު ވެސް އަސްލަމްވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ އިދާރާއަށް ހުށަހަޅައިފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންގޮސް ބާއްވާ، ޖަލްސާއެއްގައި އިންތިޚާބީ ރައީސް ކުރައްވާ ހުވައަކީ ސައްހަ ހުވައެއް ކަމަށް އެމްޑީޕީގެ ޕީޖީން ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވެފައެެވެ.

ކޮމެންޓް
Jihadh
Ihthjaaj Kokko thibenjehenee
10 Nov 2023
ގުޅޭ ލިޔުންތައް
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.
15 Sep 2026
ރާއްޖެ އިޝްތިހާރުކުރުމަށް އެމިރޭޓްސްއާ ޤަތަރު އެއާވޭސްއާ އެކު އެއްބަސްވުމެއް
އޭޓީއެމް ފެއާ 2026ގެ ހަވާސާގައި ވަކިވަކިން ކުރިއަށް ގެންދިޔަ ދެ ރަސްމިއްޔާތެއްގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާސިރެވެ. އެމިރޭޓްސްގެ ނަމުގައި ސޮއިކުރީ އެ ކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް - ކޮމާޝަލް އޮޕަރޭޝަންސް އީސާ ސުލައިމާން އަޙްމަދެވެ. ޤަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރީ ވައިސް ޕްރެޒިޑެންޓް އެފްރިކާ ގްލޯބަލް ލެޝަރ ސޭލްސް ހެންޑްރިކް އަބްރަހަމް ޑު ޕްރީޒެވެ.
15 Sep 2026
ހިމަބަހި ޖެހޭ މިންވަރު ދަށަށް: މިދިޔަ ހަފްތާގައި ބަލި ޖެހުނީ ފަސް މީހަކަށް
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.
15 Sep 2026
މައްކާ ހިމެނޭހެން ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގުގެ ސިޓީތަކަށް ނުރައްކަލުގެ އިންޒާރު ނެރެފި
ސަޢޫދީ ސިވިލް ޑިފެންސް އިދާރާއިން ބުނި ގޮތުގައި މި އެލާޓް ފޮނުވީ ޤައުމީ ކުއްލި ހާލަތުގެ އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށެވެ. ނުރައްކަލުގެ ބާވަތެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
15 Sep 2026
އެމެރިކާއިން ޖައްވަށް ހަތިޔާރު ފޮނުވައި ފުރަތަމަ ފަހަރަށް އެކަން ހާމަކޮށްފި
މިކަން ހާމަކުރީ އެއާ އެންޑް ސްޕޭސް ސައިބާ ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ވައިގެ ސިފައިންގެ ސެކްރެޓަރީ ޓްރޯއީ މެއިންކެވެ. ޖައްވަށް ފޮނުވީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ނުވަތަ ކޮން އިރަކު ކަމެއް އޭނާ ތަފުސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ދުޝްމިނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ދުޝްމިނުން އައު ޓެކްނޮލޮޖީތައް ބޭނުންކޮށް ފައިދާ ނަގަމުންދާ ކަމަށް މެއިންކް ބުންޏެވެ. އެ ސަބަބާ ހެދި އޮޓޮނޮމަސް ސިސްޓަމްތަކާއި ޚަރަދު ކުޑަ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ބާރުވެރިކަން އެމެރިކާއިން އަވަހަށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.