ހައުސިންގ މިނިސްޓްރީއަށް އާންމުން އެއްވެ ނުރުހުން ފާޅުކުރަނީ— ފޮޓޯ ވޮއިސް
ހަބަރު
11 Nov 2023 | 09:48
4،000 ފްލެޓްގެ ލިސްޓަށް 7،400 އަށްވުރެ ގިނަ ޝަކުވާ ހުށައަޅައިފި

މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓަށް، ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތުގައި،  އެ ލިސްޓަށް 7،421 ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަ ކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމާފައިވާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މި މަހުގެ ހަތަރު ވަނަ ދުވަހު އާއްމު ކުރި އިރު ޕޮއިންޓު ލިބިފައިހުރި ގޮތާ މެދު އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުރުމުން ލިސްޓަށް ޝަކުވާ ހުށަހަޅަން މި މަހުގެ 9 ވަނަ ދުވަހުގެ ހަވީރު 4 އާ ހަމައަށް އެ މިނިސްޓްރީން ވަނީ ފުރުސަތު ދީފައެވެ. އެހެން ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން އެ މުއްދަތު ވަނީ ރޭގެ 11:59 އާ ހަމައަށް އިތުރުކޮށްފަ އެވެ.

މިކަމާއި ބޭހޭގޮތުން އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ލިބިފައިވާ ޝަކުވާތަކަށް ބަލާއިރު ލިސްޓަށް ބޮޑު ބަދަލެއް އަންނަ ވަރުގެ ޝަކުވާއެއް ނުލިބޭ ކަމަށެވެ. މައިގަނޑު ޝަކުވާއެއްގެ ގޮތުގައި ލިބިފައިވަނީ، މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅޭތީ ޕޮއިންޓް ލިބުނު ވަރު މަދުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފްލެޓް އަޅަން ސަރުކާރުން ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށެވެ. މިމަޝްރޫއުގައި ހިމެނޭ ޓަވަރުތަކުގެ ތެރެއިން ހަ ޓަވަރެއްގެ ފިނިޝިން މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ.

ކޮމެންޓް
މޫސަ ރުސްދީ
ކޮބާ. އަޅުގަނޑަށް ވީ. ފުލެޓް. އަޅުގަނޑު ލިބުނު. 70. ޕޮއިންޓް. ލިބުނު. މިހާ. އަޅުގަނޑަކީ. އަޅުގަނޑަކީ. ހާއްސަ އެހީ އަށް. ބޭނުވާ. މީހެއް
12 Nov 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.