ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޚާތަބު ކުރެއްވުމުގެ ތެރެއިން
ހަބަރު
11 Nov 2023 | 15:32
ގެނެވުނު އިޤުތިޞާދީ ހެޔޮ ބަދަލު ތަކުން ދައުލަތުގެ އާމްދަނީ ދެގުނަ ކުރެވޭނެ : ރައީސް ޞާލިހް

މިދައުރުގެ ތެރޭގައި ގެނެވުނު އިޤުތިޞާދީ ހެޔޮ ބަދަލު ތަކަކީ، ދައުލަތުގެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމެއް ކަމުގައި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޚާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ރިޔާސީ ދައުރުގައި މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ޢާލަމީ ވަބާ އާއި އެކަމާއި ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވެގެންދިޔަ އިޤުތިޞާދީ ދަތިތަކުގެ މައްޗަށް އަލިއަޅުއްވައި ލައްވައި ރައީސް ވިދާޅުވީ ކޯވިޑް 19ގެ ޙާލަތުގައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ އެންމެހައި ކަންކަން ފުރިހަމަކޮށްދީ، ތަރައްޤީގެ މަޝްރޫޢުތައްވެސް ހުއްޓާނުލައި ކުރިޔަށް ގެންދެވުނުކަމަށެވެ.

އެންމެ ފުރަތަމަ އާބާދީގެ އެންމެން ވެކްސިން ފުރިހަމަކުރި މަދުޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުނުކަން ފާހަގަކުރައްވައި، އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލެވުނު އެއްޤައުމަކަށް ދިވެހިރާއްޖެ ވެގެން ދިޔަކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކޮވިޑް 19 އަށް ފަހު ފަތުރުވެރިކަމާއި އިޤުތިޞާދު އިހުހުރި ހިސާބަށް ރުޖޫޢަކުރުމުގައި، ލިބުނު ކާމިޔާބީއަކީ ބޮޑު ކާމިޔާބީއެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ކުރެވުނު ގިނަ މަސައްކަތުން އެންމެ ފުރަތަމަ ބޯޑަރ ހުޅުވި އެއް ޤައުމަކީ ރާއްޖެ. ފަތުރުވެރިކަމާއި އިޤްތިޞާދު، އިހުހުރި ހިސާބަށް ރުޖޫޢަވުމުގައި ލިބުނު ކާމިޔާބު ބޮޑު. ރައްޔިތުންނާއި ރާއްޖެ ސަލާމަތް ކުރުމުގައި ކޯވިޑް-19 އަކީ އަޅުގަނޑުގެ ޙަޔާތުގެ އިމްތިޙާނު. އެންމެ ގިނަ ރޭނިދިން އަޅުގަނޑު މަޙްރޫމްވާން މަޖުބޫރުވި ޙާލަތަކީ އެއީ." ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19 އަކީ އާންމުކޮށް ދައުލަތުގެ ހުރިހާ ޚިދުމަތްތެރިންގެ ޤުރްބާނީ ޤައުމަށް ވެދުންކުރި ކާރިސާ ކަމަށާއި ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުން އެ ދެއްކެވި ފުރިހަމަ ނަމޫނާއަކީ ޤައުމަކުން ފެންނާނެ އެންމެ ރީތި މިސާލު ކަމުގައި  ރައީސް ގެ ޚިތާބުގައި ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
މުނިޔާމަގުގައި ހުރި ގެއެއްގައި ރޯވެ އަނދަނީ
ފުލުހުން ބުނީ، މުނިޔާމަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.