ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ކުރެވުނު އިކުއިޕްމެންޓްތައް-- (ވީއައިއޭ)--ފޮޓޯ: އެމްއޭސީއެލް
ހަބަރު
11 Nov 2023 | 12:00
އެއާޕޯޓަށް ބޭނުންވާ ގްރައުންޑް ހޭންޑްލިން ސާމާނު އާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބޭނުންކުރާ ގްރައުންޑް ހޭންޑްލިން އިކުއިޕްމެންޓުތައް އާކޮށް އެ ތަކެތި ބޭނުން ކުރަން ފަށައިފި އެވެ.

އެއާޕޯޓުގެ އޭޕްރަން ސަރަހައްދުގައި ވަނީ އެއާޕޯޓުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ގްރައުންޑް ހޭންޑްލިންގައި ބޭނުންކުރާ ބައެއް ސާމާނު އާކޮށް ބޭނުންކުރަން ފެށުން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.

ހިދުމަތް ދޭން ބޭނުންކުރާ ގިނަ އިކުއިޕްމެންޓުތަކެއް އާކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފައިވެއެވެ.

އެގޮތުން  އާ ކުރުމަށް ފަހު ހިދުމަތުގައި ބޭނުންކުރަން ފެށި އިކުއިޕްމެންޓުގެ ތެރޭގައި: 

4 ފަސިންޖާ ބަސް
4 އެއާކްރާފްޓް ސްޓެއާސް 
2 ޔުނިވާސަލް ލޯޑާ
2 ހައި ލޯޑާސް
10 ބެގޭޖު ޓްރެކްޓަރު 

މީގެ އިތުރުންވެސް 14 ސީޓުގެ މިނީ ވޭނެއް، 32 ސީޓުގެ ބަހެއް އަދި  އެއާ ކޮންޑިޝަނިން ޔުނިޓެއް ގެ އިތުރުން 7 އިކުއިޕްމެންޓެއް ވަނީ އާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުން ކުރަން ފަށާފައެވެ.

ރަސްމިއްޔާތުގައި މި ތަކެތީގެ ރަމްޒީ ތަޅުދަނޑި  ވަނީ އެ ކުންފުނީގެ އޮޕަރޭޝަނުގައި އުޅޭ ސްޓާފުންނާ ހަވާލުކޮށްފައިއެވެ.

ކުރިއަށް އޮތްތަނުގައި އިތުރު އާ އިކުއިޕްމެންޓު ހިދުމަތަށް ގެންނާނެ ކަމަށާއި،ހިދުމަތަށް އަލަށް ގެނައި ސާމާނަކީ ވީއައިއޭ އަށް އޮޕަރޭޓު ކުރާ އެއާލައިންތަކަށް ދޭ ހިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް ގެނައި ސާމާނު ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ