އަލް ނަކްބާ ދަރުސް ތެރެއިން-- ފޮޓޯ(ފޭސްބުކް/އިބްރާހީމް ރަފު)
ހަބަރު
11 Nov 2023 | 23:24
ޑރ. ޝަމީމްގެ އަސަރުން ފުރިގެންވާ "އަލް ނަކްބާ- އުއްމަތުގެ ކާރިސާ"އިން ކިޔައިދިން ފަލަސްޠީނުގެ ވާހަކަތައް!

"އަލްނަކްބާ" ، އުންމަތުގެ ކާރިސާގެ ނަމުގައި ހުކުރު ވިލޭރެ ޑރ.އާދަމް ޝަމީމް ދެއްވި ދަރުހުން ފަލަސްތީނުގެ ކާރިސާއާއި ގުޅޭ ގިނަ ވާހަކަތަކެއް ކިޔައިދެއްވައިފިއެވެ.

އަލްޢަސްރުގެ ފަރާތުން އިންތިޒާމް ކުރި މި ދަރުހުގައި ޑރ ޝަމީމް ވިދާޅުވެފައިވާ ގޮތުގައި ފަލަސްތީނުގެ މައްސަލަ އަކީ އަރަބީންނާ ޔަހޫދީންނާ އޮތް މައްސަލައެއްނޫނެވެ. އަދި އެއީ ފަލަސްތީނާ ޔަހޫދީންނާ އޮތް މައްސަލައެއްވެސް ނޫނެވެ. 

"ފަލަސްތީނުގެ މައްސަލަ އަކީ ކުފުރާއި ޝިރުކާއި ދެކޮޅަށް އިސްލާމީ އުއްމަތާ އޮތް މައްސަލައެއް. ފަލަސްތީނުގެ މައްސަލައަކީ ހައްގާއި ބާތިލްގެ މައްސަލައެއް. ފަލަސްތީނުގެ މައްސަލައަކީ މި އުއްމަތުގެ މައްސަލަ އެއް. އެކަން އަޅުގަނޑުމެންނަށް ހުރިހާ ގޮތަކުން ފެނި ސާބިތުވާން އެބައޮތް"

ޑރ އާދަމް ޝަމީމް

ޑރ. ޝަމީމް އިތުރަށް ވިދާޅުވީ މުސްލިމުންގެ އެންމެ ފުރަތަމަ ގިބްލައިގެ ގޮތުގައި އަގްސާ ލައްވާފައިވާއިރު އެއީ ނަބީންނާ ރަސޫލުންގެ މަގާމް ކަމަށެވެ. އަދި އެއީ މުސްލިމުންގެ ތިންވަނަ ހަރަމް ކަމަށާ، މާތް الله މާތް ކުރައްވައި މަތިވެރި ކުރެއްވި މަގާމް ތަކާއި ތަންތަނަކީ ވަކި ބަޔަކަށް، ވަކި ޖަމާޢަތަކަށް ނޫނީ ނަސްލަކަށް އޮތް ތަނެއް ނޫން ކަމަށްވެސް ޑރ. ޝަމީމް ވިދާޅުވި އެވެ. އަދި އެކަލާނގެ މާތް ކުރެއްވި ހަރަމް ތަކަކީ އެކަލާނގެ ރަސޫލުންނާއި ނަބީންނާއި އެބޭކަލުންނަށް ތަބާވާ މުއުމިނުންގެ ހައްގެއް ކަމަށާ، މާތް الله އަށް ކާފިރުވެ އެކަލާނގެ ބާއްވާލެއްވި ފޮތް ތަކާއި އިދިކޮޅުުވާ މީހުންގެ އެއްވެސް ހައްގެއް އެތަން ތަނުގައި ނޯންނާނެ ކަމަށް ޝެއިޚް ވިދާޅުވި އެވެ.

"ޔަހޫދިއްޔަތާއި ނަސްރާނިއްޔަތަކީ މާތް الله ގެ ރަސޫލުންގެ ދީނެއް ނޫން. އެއީ އެބޭކަލުންނަށް ފަހުގައި، ރަސޫލުންގެ ދީން ބަދަލުކޮށް މާތް الله ގެ ފޮތް އޮޅުވާލައި އެކަލާނގެ ދީނަށް ކާފިރުވީ މީހުން. އިބްރާހީމް ޢަލައިހިއްސަލާމްގެ މިއްލަތުން ބޭރުވި މީހުން. މޫސާގެފާނަކީ ޔަހޫދީއެއް ނޫން. އަދި ޢީސާގެފާނަކީ ނަޞްރާނިއްޔެއް ނޫން. މާތް الله ފޮނުއްވި ހުރިހާ ރަސޫލުންނާ ނަބީން ފޮނުއްވީ އެއް ދީނަކާއިގެން. އެއީ އިސްލާމްދީން."

ޑރ އާދަމް ޝަމީމް

މިއާއެކު ޝެއިޚް ގެ ދަރުހުގައި ވަނީ ޔަހޫދީންގެ ނުބައި ކަމާއި ނުލަފާ ކަމާއި މެދު ކީރިތި ގުރުއާނާއި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ސުންނަތުން އެނގެން ހުރި ވާހަކަތައް ކިޔައި ދެއްވާފައެވެ. އެބައިމީހުންނަކީ މާތް الله ގެ ނަބީންވެސް ޝަހީދުކުރި ބައެއް ކަމަށާ، އެމީހުންގެ ހިތުގައި ދިރުން ހުރި އެއްވެސް އެއްޗަކަށް ރަހުމެއް ނޯންނާނެ ކަމަށް ޑރ. ޝަމީމް ވިދާޅުވި އެވެ. އަދި ޒަމާނުއްސުރެވެސް އެބައިމީހުންނަކީ މުސްލިމުންގެ ޢަދުއްވުންކަމަށް ވާއިރު، މުސްލިމުން އެ މީހުންނާއި، އަދި ނަޞާރާއިންނާއި އެނޫންވެސް ޝިރުކުގެ އަހުލުވެރިންނާއެކު އެގްރީމެންޓްތަކުގައި ބައިވެރިވުމަކީ ކޮށްގެންވާނޭ ކަންކަން ނޫންކަން ބަޔާންކުރެއްވިއެވެ. އަދި ޔަހޫދީ ޒަޔަނިސްޓުންނާ އެމީހުންނާ ބައިވެރިވާ އެފަދަ ހިންދޫންނާއި ނަޞާރާއިންގެ ސިއްރު އެޖެންޑާތަކާމެދު ސަމާލުވުމުގެ މުހިންމުކަންވެސް ދަރުހުގައި ފާހަގަ ކުރެއްވިއެވެ.

އަލް ނަކްބާ ދަރުސް ތެރެއިން-- ފޮޓޯ/އިބްރާހީމް ރަފު

މީގެ އިތުރުން ފަލަސްތީނުގައި ހިނގަމުންދާ ޖަރީމާތަކާއިމެދު ހުޅަނގުގެ މީޑިއާ ތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާ ޖަމާޢަތްތަކުން ޢަމަލުކުރަމުންދާ ގޮތުން އެފަދަ ޖަމިއްޔާ ތަކުގެ ހަގީގަތް ދުނިޔެއަށް ހާމަވެގެން ގޮސްފައިވާ ކަމަށްވެސް ޝެއިޚް ވިދާޅުވި އެވެ. އެގޮތުން ނިރުބަވެރި ޔަހޫދީން މީޑިއާ ތަކަށް އަރައި، އެމީހުން އެވެނި ވަރަކަށް ތަންތަނަށް ބޮން އަޅައި ކުޑަކުދިންވެސް ޝަހީދު ކޮށްލި ވާހަކަ ހާމަކަން ބޮޑުކޮށް ފާޅުގައި ބުނަމުންދާއިރު، ހުޅަނގުގެ އެ ޖަމިއްޔާ ތަކުން "ހިއުމަންރައިޓްސްއޭ ކިޔައިގެން އަނގަހުޅުވަން ލަދު ގަންނަން ޖެހޭނެ" ކަމަށް ޝައިޚް ވިދާޅުވި އެވެ.

ހަމަމިއާއެކު ޝެއިޚް ވަނީ ފަކަސްތީނުގައި ހިނގަމުންދާ ކަންކަމުން އިބްރަތް ހާސިލްކޮށް އަހަރެމެންނަށް ވެވުނު މިންވަރަކުން ފަލަސްތީނަށް އެހީވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދުޢާ ކުރުންމަތީ ދެމި ތިބުމަށާ، އިސްރާއިލުގެ އަސްކަރިއްްޔާއަށް މާލީގޮތުން އެހީވާ ކުންފުނި ތަކުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ޝެއިޚް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ރިބާ ހޮމެނޭ ހުރިހާ ބޭންކެއްގެ އުވާލުމަކީވެސް އެމީހުންގެ އަސްކަރިއްްޔާ ނިކަމެތި ވާނެ ކަމެއް ކަމަށް ޝެއިޚް ވިދާޅުވި އެވެ. 

މީގެ އިތުރުން، ޖިހާދަކީ އުއްމަތުގެ ކުރޮބޯށިކަން ފާހަގަކުރައްވައި ޝެއިޚް ވިދާޅުވީ ޖިހާދަށް ނުކުތުމުގެ ކުރިން އަހަރެމެންގެ އަމިއްލަ ނަފްސާއި ކުރަމުންދާ ޖިހާދުން ކުރި ހޯދަންޖެހޭ ކަމަށެވެ. އެގޮތުން ފަރުޟު ފަސް ނަމާދު ޖަމާޢަތުގައި އަދާކޮށް ފާފަތަކުން ނަފްސު ޠާހިރު ކުރުމަށް ޝެއިޚް ވަނީ އެދިވަޑައިގެންފަ އެވެ. 

"ބަންގި ގޮވީމަ ހިނގާލާފައި ނުވަތަ ސައިކަލުގައި، ކައިރީގައި ހުރި މިސްކިތައް ނުދެވި، އެބޭފުޅުން ބޯން އިން ކޮފީތަށި ހުސްނުވެގެން ނުވަތަ ސިނގިރޭޓްގެ އަޅިކޮޅު ކަނޑާނުލެވިގެން ތިބެނީ ކިތައް ބޭފުޅުންތޯ!"

ޑރ. އާދަމް ޝަމީމް 

މިއާއެކު ޝެއިޚް ވަނީ ފަލަސްޠީނަށްޓަކައި އުންމީދު ކަނޑައިނުލުމަށާއި، ފަލަސްޠީނުގެ އަޑު ކެނޑިގެން ގޮސްގެން ނުވާނެކަމަށާއި އުންމަތަށް ނަޞްރު ލިބޭނެކަން ދަރުހުގައި ފާހަގަ ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.