ކްރިމިނަލް ކޯޓް. ފޮޓޯ: އިންޓަރނެޓް
ހަބަރު
12 Nov 2023 | 19:03
ބިދޭސީއެއް ރަހީނުކުރި މައްސަލައެއްގައި ބިދޭސީއަކު ބަންދުގައި ބެެހެއްޓުމަށް ހުކުމްކޮށްފި

ބިދޭސީއަކު ރަހީނު ކުރި މައްސަލައެއްގައި އެހެން ބިދޭސީއަކު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން މި މައްސަލާގައި ހައްޔަރުކުރީ ބަންގުލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އާރިފް ހޮސައިން، 37، އެވެ.

ކޯޓު އަމުރުގައި ވަނީ މުހައްމަދުގެ މައްޗަށް ތުހުމަތު އުފެދޭ ވަރަށް ހެކި ހުށަހަޅާފައި އެބަހުރި ކަމަށް ބުނެފައެވެ. ހުށަހަޅާފައިވާ ބަޔާންތަކުންނާއި، އަނިޔާލިބުނު މީހާ އެ ހާދިސާ ހިނގި ސަރަހައްދުން ނަގާފައިވާ ފޮޓޯތަކުން އޭނާ މީހަކު ރަހީނުކޮށް އިންޒާރުދީ އަނިޔާވެރި އަމަލުތަކެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ފެންނަ ކަމަށް އަމުރުގައިވެ އެވެ.

މުހައްމަދަކީ ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށާއި އެހެންވެ އޭނާ ފިލައިގެން ގޮސްފާނެތީ އާއި މުޖުތަމައުގެ ސަލާމަތަށްޓަކައި ބަންދުގައި ބަހައްޓަން ގާޒީ ވަނީ ނިންމަވައިފައެވެ.

ޕީޖީން ބުނެފައިވާ ގޮތުގައި ކުށުގެ ޢަމަލު ހިންގުމުގައި އިތުރުބަޔަކާ އެކު މުހައްމަދު ބައިވެރިވެ، ރަހީނުކުރި މީހާ އަށް އަނިޔާ ވެސް ކޮށްފައިވެ އެވެ.

އާމްދަނީ ހޯދުމަށް މަަސައްކަތް ކުރުމަށް ރަާއްޖެ އަށް އަންނަ ބިދޭސީންގެ ކިބައިން ކުށްތަކަށް އަރައިގަތުން މިހާރު ދަނީ ގިނައިން ފެންނަމުންނެވެ. އެގޮތުން މީހުނަށް އަނިޔާކޮށް ފައިސާ ފޭރުމާއި ރަހީނުކުރުމާއި މީހުން މެރުން ފަދަ ނުރައްކާތެރި ކުށްތަކުގައިވެސް ބިދޭސީން ދަނީ ބައިވެރިވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.