އެލާގޯ ބްރޭންޑްގެ ސިޓްރަޒިން/ ފޮޓޯ: އިންޓަނެޓް
ހަބަރު
12 Nov 2023 | 19:17
އެލާގޯ ބްރޭންޑްގެ ސިޓްރަޒިން ރާއްޖެ އެތެރެކުރުން މަނާކޮށްފި

އިތުރު ބެޗުތަކުގައި ކެމިކަލް ހުރެގެން، އެލާގޯ ބްރޭންޑްގެ ސިޓްރަޒިން ރާއްޖެ އެތެރެކުރުން މަނާކޮށްފިއެވެ.

މިއަދު އެމްއެފްޑީއޭއިން ބުނީ އެކެއްސުމާއި ހުމާއި އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގެ އިތުރު ބެޗުތައް ސްކްރީންކުރިއިރު ހުރިހާ ބެޗެއްގައިވެސް ގްލައިކޯލް (ޑީއީޖީ) އަދި އިތަލީން ގްލައިކޯލް (އީޖީ) ހުރިކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ބޭހުގެ އެލާގޯ ބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމާއި އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިތަލީން ގްލައިކޯލް (ޑީއީޖީ) އަދި އިތަލީން ގްލައިކޯލް (އީޖީ) ހިމެނޭ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކޮށްފައިވާ އެލާޓްތަކާ ގުޅިގެން ރާއްޖެއިން ވެސް ރެންޑަމްކޮށް ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން ދާތީ މިދިޔަ އަންގާރަ ދުވަހު އެމްއެފްޑީއޭއިން ވަނީ އެ ބޭސް ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އަންގާފައެވެ.

މިބޭހުގެ އިތުރުންވެސް މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ ކޮލިޓީގެ މައްސަލަތަކެއް ފާހަގަ ކުރެވިގެން ކުޑަކުދިންނަށް ދޭ ދިޔާ ބޭހެއް ކަމަށްވާ ޕެރެސެޓެމޯލް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފައެވެ.

އެމްއެފްޑީއޭއިން ވަނީ އެކަމަށް އެންމެހާ ރައްޔިތުން ސަމާލުވުމަށް އެދިފައެވެ. އަދި އެ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުމަށްވެސް އެމްއެންޑީއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.