މޯލްޑިވްސް އިސްލާމިކް ބޭންކް
ހަބަރު
12 Nov 2023 | 19:26
3 ވަނަ ކުއާޓަރގައި އެމްއައިބީއަށް 123 މިލިޔަން ރުފިޔާގެ އާމްދަނީއެއް

މިއަހަރުގެ ތިންވަނަ ކުއަރޓަރގައި މޯލްޑިވްސް އިސްލާމިކް ބޭންކް، (އެމްއައިބީ) އަށް 123.55 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެމްއައިބީން އާންމުކުރި އެ ކުންފުނޯގެ ތިންވަނަ ކުއަރޓަރގެ މާލީ ރިޕޯޓު ދައްކާގޮތުގައި މިއަހަރު ތިންވަނަ ކުއާޓާގައި އެކުންފުންޏަށް ވަނީ 123.55 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ ދެވަނަ ކުއަރޓަރ ގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ އާއި އަޅާ ބަލާއިރު 12.07 އިންސައްތަ އިތުރު އަދަދެއް ކަމަށް ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައި ބުނެފައިވެއެވެ. 

މިއަހަރު ދެވަނަ ކުއާޓާގައި އެމްއައިބީިއަށް ލިބިފައިވަނީ 110.24 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މީގެ އިތުރުން މިއަހަރުގެ ތިންވަނަ ކުއަރޓަރގައި އެމްއައިބީއަށް ލިބިފައިވާ އާމްދަނީއަކީ މިދިޔަ އަހަރުގެ ތިންވަނަ ކުއަރޓަރއާއި އަޅާބަލާއިރު 46.8 އިންސައްތަ އިތުރު އަދަދެކެވެ. 2022 ވަނަ އަހަރު ތިންވަނަ ކުއާޓާގައި އެމްއައިބީއަށް ލިބިފައިވަނީ 84.11 މިލިއަން ރުފިޔާގެ އާމްދަނީއެކެެވެ.

ހަމަ އެޔާއެކު އެމްއައިބީގެ މާލީ ރިޕޯޓުގައި ބުނާގޮތުން ހިންގުމުގެ ޚަރަދު ދެވަނަ ކުއާޓަރުގައި 53.75 މިލިއަން ރުފިޔާގައި ހުރިއިރު ތިންވަނަ ކުއާޓާގައި އެ އަދަދު ވަނީ 53.97 މިލިއަން ރުފިޔާ އަށް އަރާފައެވެ.

އެހެންކަމުން ސާފު ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓާގައި އެމްއައިބީއަށް ލިބިފައިވަނީ ޖުމުލަ 53.14 މިލިޔަން ރުފިޔާއެވެ.  މި އަހަރުގެ 2 ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް ލިިބިފައިވަނީ 40.20 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިކުއާޓާގައި އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ މިވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ބޭންކުގެ މާލީ ރިޕޯޓުގައިވާގޮތުން އެ ކުންފުންޏަށް ލިބުނު ސާފު ފައިދާގެ މިންވަރުވަނީ 44.14 އިންސައްތައަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގުގައި ލިބިފައިވަނީ 36.86 މިލިއަން ރުފިޔާއެވެ.

2011 ވަނަ އަހަރުގެ މާރިޗް މަހުގެ 7 ވަނަ ދުވަހު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭންފެށި އެމްއައިބީއަކީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ