ހައުސިން ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން
ހަބަރު
13 Nov 2023 | 06:00
4000 ފްލެޓް ގެ ތެރެއިން ކަސްޓަމްސް ގެ މުއައްޒަފުންނަށް ދޭ 100 ފްލެޓް ކަނޑައަޅައިފި

4000 ފްލެޓް ގެ ތެރެއިން ކަސްޓަމްސް ގެ މުއައްޒަފުންނަށް ދޭ 100 ފްލެޓް ހައުސިން މިނިސްޓްރީން ކަނޑައަޅައި އިއުލާން ކޮށްފިއެވެ. 

މި ގޮތުން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފަރާސްޓްރަކްޗާއިން ކަސްޓަމްސް އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ  ކަސްޓަމްސް އިން އެ މިނިސްޓްރީއަށް ފޮނުވި ސިޓީގައި 3 ކޮޓަރީގެ 96 ފްލެޓާއި 2 ކޮޓަރީގެ ހަތަރު ފްލެޓަށް އެދިފައި ވާ ކަަމަށެވެ.

މިތަނުން އެންމެ ބޮޑަށް އިސްކަން ދީފައި ވާނީ ގެދޮރުވެރިޔާ ސްކީމް ގެ ދަށުން ފޯހު ހުށައަޅާފައި ވާނަމަ ހުށައަޅާފައިވާ ކެޓަގަރީއަކުން ފްލެޓް ދޫކުރުމަށް ކަމަށެވެ.

މީގެ އިތުރުންވެސް ސިޓީގައި ވަނީ ކަސްޓަމްސް ގައި ހިމެނޭ 67 ފރާތަކުން 3 ކޮޓަރީގެ އެޕާރޓްމެންޓް ހޯދުމަށް ހުށައަޅާފައިވާ ކަމަށާއި، 12 ފަރާތަކުން 2 ކޮޓަރީގެ އެޕާރޓްމެންޓް ހޯދުމަށް ހުށައަޅާފައި ވާ ކަމަށެވެ. އަދި ލިސްޓުގައި ހިމެނޭ 2 ކޮޓަރިއަށް އެދުނު ފަރާތްތަކަށް 2 ކޮޓަރީގެ އެޕާރޓްމެންޓް ހަމަ ޖައްސާފައިވާނެކަމަށާއި އެހެން ފަރާތް ތަކަށް ހަމަ ޖައްސައިފައިވާނީ 3 ކޮޓަރި ކަމަށެވެ. 
މި ފަރާތް ތަކަށް ލިބޭ ޔުނިޓް ކަނޑައެޅުމަށްފަހު، އެގްރީމެންޓްގައި ސޮއި ކުރުމުގެ ކަންތައްތައް ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

މި ސިޓީއާއި އެކު 100 ފްލެޓް ލިބުނު ފަރާތް ތަކުގެ ނަންތައް ވަނީ ކަސްޓަމްސް އަށް ފޮނުވާފައެވެ.

މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓަށް، ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓް 4 ނޮވެމްބަރުގައި އާއްމު ކޮށްފައިވާއިރު ލިސްޓާއި މެދު ރައްޔިތުން ޝަކުވާ ހުށައެޅުމަށް ވެސް  ހައުސިން މިނިސްޓްރީން ހުޅުވާލިކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ކޮމެންޓް
އަޑޭ
ނުފޫޒު ހުރި މިންވަރު. 100 މީހުންގެ ތެރޭގައި އެއް ރަށެއްގެ 09 މީހުން، ހިޔާ ފްލެޓް ހުރި، އަނބި/ ފިރީގެ ނަން އާންމު ލިސްޓުގައި، ފްލެޓް ގަނެގެން ތިބި. އާއިލާ ރަށުގައި ދިރިއުޅޭ، އުފަން ރަށުގައި ރީޖަން ތަކުގައި ތިބި...
13 Nov 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.