ޏ.ފުވައްމުލަކު އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް ކާގޯ ވެހިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓް--
ހަބަރު
12 Nov 2023 | 22:15
ފުވައްމުލަކު އެއާޕޯޓުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ޏ.ފުވައްމުލަކު އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް ކާގޯ ވެހިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 5:30 ހާއިރުއެވެ. މި އެކްސިޑެންޓްގައި އެކަކަށް ވަނީ ވަރަށް ބޮޑު އަނިޔާތަކެއް ލިބި  ފުވައްމުލަކު ހޮސްޕިޓަލް ގެ އައިސީއޫ އަށް ލާފައެވެ.

އަނިޔާވެ ހާލު ދެރަވި މީހާ މިހާރު މާލެ ގެނައުމަށް ޑޯނިއާ އެއާކްރާފްޓެއް ފުވައްމުލަކަށް ފޮނުވުމގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މިކަމާއި ބެހޭގޮތުން ހާލު ސީރިއަސްވި މީހާގެ އާއިލާއިން ބުނީ އަނިޔާވި ފަރާތުގެ އެތެރެ ހައްޓަށް ލޭ އެޅުމުގެ ސަބަބުން ސާޖަރީތައް ކޮަށްފައިވާ ކަމަށެވެ. ޑޯނިއާއިން ދަތުރު ކުރަން އެއްބަސް ވީ ކަމުގައި ވިޔަސް އެކަމާއި މެދު ޔަގީން ކަމެއް ނެތް ކަމަށާއި އެކްސިޑެންޓް ހިނގުމަށް ފަހު  މިހާ ގިނައިރު ރަނގަޅު ފަރުވާ އެއް ނުދެވި ، މާލެ ގެނެވޭނެ ގޮތެއް ނެތި ބާއްވަން ޖެހުމުން އާއިލާއިން ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އަދި އަނިޔާ ވެގެން އުޅެނީ ވެހިކަލް ދުއްވަން އިން މީހާއަށް ނޫންކަމަށާއި މިފަދައިން ހަބަރު ނުފެތުރުމަށް އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.

ހާލު ދެރަވި ފަރާތަކީ އެއާޕޯޓުގެ ސެކިއުރިޓީގައި މަސައްކަތް ކުރާ ފަރާތެއް ކަމަށާއި ބައެއްފަހަރު މުއްޒަފުން މަދު ކަމުން ކާގޯ ހޭންޑަލް ކުރަން ދާ ކަމަށްވެސް ބުންޏެވެ.

މިހާދިސާ ހިނގުމަށް  ބޮޑަށް މެދުވެރިވީ ކާގޯ ހޭންޑަލް ކުރުމަށް ފަހު މީހުން އެރުވުމުގެ ކުރިއަށް ވެހިކަލް ފަހަތަށް ޖަހާފައި އޮތް ވަގުތު ފައިބައިގެން ހުއްޓާ އޭތީގެ ގިޔަރު ފަހަތަށް ޖެހިފައި ހުއްޓާ ދުއްވާލުމުގެ ތެރޭގައި ފަހަތަށް އައި  ވަގުތު އެއިން ސަލާމަތް ވާން އުޅެނިކޮށް ފްލައިޓާއި ވެހިކަލާއި ދޭތެރޭ ފިތި އަނިޔާ ވީ ކަމަށް ބެލެވޭ ކަމަށް އާއިލާ ގެ ފަރާތުން މައުލޫމާތު ދެމުން ބުންޏެވެ.

މިހާދިސާއާ ގުޅޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އަނިޔާވި މީހާ އަށް ފަރުވާ ދިނުމަށް ސްޓްރެޗަރ އަށް އޭނާ އަރުވަން މަސައްކަތް ކުރާ މަންޒަރު ވެސް ފެނެއެވެ.

ކާގޯ ވެހިކަލް ދުއްވަން އިން މީހާއަށް އަނިޔާވުމުގެ ސަބަބުން ވަނީ ފްލައިޓަށް އަރަން ތައްޔާރަށް ތިބި ފަސިންޖަރުން ބޯޑިންގ އޭރިއާގައި މަޑުކުރުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.