ޔޫތު ިނިސްޓަރު އަހްމަދު މަހްލޫފް-- ފޮޓޯ: ދަ މޯލްޑިވްސް ޖޯނަލް
ހަބަރު
13 Nov 2023 | 22:15
މަގާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށްފަހު ގެއަށް މިދަނީ ވަރަށްވެސް ހިތްހަމަޖެހުމާއެކު: މަހްލޫފް

17 ނޮވެމްބަރ 2018 ވަނަ ދުވަހު ހަވާލުކުރެވުނު މަގާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށްފަހު ދައުރު ނިންމަވައި ގެއަށް ވަޑައިގަންނަވަނީ ވަރަށްވެސް ހިތްހަމަޖެހުމާއެކު ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވިދާޅުވެފައި ވަނީ މިއިން ޒަމާނަކު ޔޫތު މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ނުކުރާހާ ގިނަ މަސައްކަތް އެބޭފުޅާގެ މިނިސްޓަރު ކަމުގެ ދަށުން ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން 700 އާއި ގާތްކުރާ އަދަދަށް ތަރައްޤީގެ ޕްރޮޖެކްޓުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ނިމި އަދި ކުރިއަށް ދާނެކަމަށާ، އަދި މަގާމުގައި ހުންނަވައިގެން 750 އަށްވުރެ ގިނަ ދަތުރު ރާއްޖޭގެ އެކި ރަށްރަށަށް ކޮށް ޒުވާނުންނާއި ބައްދަލުކޮށް ޙިޔާލުބަދަލުކޮށް ކަންބޮޑުވުން އަޑުއެހުނުކަމަށް ވިދާޅުވި އެވެ. ހަމައެހެންމެ 600 އަށްވުރެ ގިނަ ފަހަރު ކައުންސިލް ތަކާއިއެކު ބައްދަލުކުރެވުނު ކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސް ތާރީހުގައި ލިބުނު އެންމެ ބޮޑެތި ބައިނަލްއަޤުވާމީ ކާމިޔާބީ ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްދެވުނުކަމުގެ އުފާ ލިބޭ ކަމަށާއި މިކަންކަމުން މަސައްކަތްކުރެވުނު ކަމުގެ އަދި މަސައްކަތް ކުރެވޭތޯ އުޅެވުނު ކަމުގެ ހިތްހަމަޖެހުން ލިބޭ ކަމަށް ވެސް މަހުލޫފް ކުރެއްވި ޓްވީޓްގައި ވެއެވެ.

"55 ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާ 100 އަށްވުރެ ގިނަ ރަށްރަށުގައި މަސައްކަތް ކުރިއަށްދާއިރު، މަސައްކަތް ނުފަށާ ރަށްރަށުގެ ޝަކުވާއެއް އޮންނާނެ. 40 އަށް ވުރެ ގިނަ ވޮލީ ކޯޓު ނިންމާ، 50 ވަރަކަށް ރަށުގައި މަސައްކަތް ކުރިއަށްދާއިރު ބާކީ ހުރި ރަށްރަށުގައި އެމަސައްކަތް ނުކުރެވޭތީ އެވާހަކަ ބުނާނެ. 160 އަށް ވުރެ ގިނަ ރަށަށް ކުޑަކުދިންގެ ޕާކު ފޮނުވިއިރު ނުލިބެ ރަށްރަށުން ނުލިބޭ ކަމުގެ ޝަކުވާ ކުރާނެ. ދަންނަވަން މިއުޅެނީ ކިތަންމެ މަސައްކަތެއް ކުރެވުނަސް ނުވެ އޮންނަ ކަންތަކުގެ ނުވަތަ ނުކުރެވޭ ކަންތަކުގެ ވާހަކަ މިއަދު ދަށްކާނެކަން. އަދި އެއީ މައްސަލައެއްވެސް ނޫން. ނަމަވެސް އެއްވެސް ރަށެއްގެ މަސައްކަތެއް ގަސްތުގައި ދޫކޮށްލާފައި ނުވާނެ. އަބަދުވެސް ބެލީ ހުރިހަ ރަށަކަށްވެސް ވީހާވެސް ގިނަ މަސައްކަތް ކޮށްދެވޭތޯ." މަހްލޫފް ވިދާޅުވި އެވެ. 

ކުރެވުނު މަސައްކަތަށް ޖުމްލަކޮށް ވަރަށް ހިތްހަމަޖެހިފައި ކަމަށް ވިދާޅުވެ މިވޭތުވި 5 އަހަރު ތެރޭގައި އެގުމާއި ނޭގުމުގެ ތެރެއިންނަމަވެސް އެއްވެސް ރަށަކަށް އަދި އެއްވެސް ރައްޔިތަކަށް ދެރައެއް ނުވަތަ ތަފާތެއް ކުރެވިފައިވާނަމަ މަހްލޫފް ވަނީ މަޢާފަށް އެދިފައެވެ.

މަހްލޫފްގެ ޓްވީޓް ނިންމާލަމުން ވަނީ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުއިޒުގެ ސަރުކާރަށް، ހާއްސަކޮށް ޔޫތު މިނިސްޓްރީގެ ޒިންމާއާއި ހަވާލުވެވަޑައިގަންނަވާ މިނިސްޓަރަށް ކާމިޔާބަށް އެދިލައްވާފައެވެ.

ކޮމެންޓް
އިއްބެ
ސިޔާސީ ހަޔާތުގައި ސިއްކަ ޖަހާފަ ތި ދަނީ. ވަރަށް ވެދުން. ދެން ނާންނާތި ރައްޔިތުންނޭ ކިޔަމުން.
14 Nov 2023
އަޑު
ޥަރަށް ހަމަޖެހިގެން ނުން ހިންނެނެއި އަންބޮނޑި ބޮޑަ ވީވަރުން. ނަސީބައް ނުން ދައުލައް އޮރިޔާން ނިވީކަން
15 Nov 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.