އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު--
ހަބަރު
13 Nov 2023 | 23:09
ވީ ވައުދާއި އެއްގޮތަށް ބަޖެޓުން މީޑިއާ ތަކަށް ވަކި އިންސައްތަ އެއް ކަނޑައަޅާނަން: ޑރ. މުއިއްޒު

ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް  ބަޖެޓުން މީޑިއާ ތަކަށް ވަކި އިންސައްތައެއް ކަނޑައަޅުއްވާނެކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް މިފަދައިން ވިދާޅުވީ މިރޭ ނޫސްވެރިން ގެ ކަންބޮޑު ވުން ތަކާއި ޚިޔާލު ތައް ފާޅު ކުރުމަށް ބޭއްވި ނޫސްވެރިންގެ ގުންޒަރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ މިއަހަރުގެ ބަޖެޓަށް ޚިޔާލު ފާޅުކުރުމަށް ލިބުނު ވަގުތު ކުޑަ ވުމުގެ ސަބަބުން ނޫސްވެރިކަމަށް ދޭނެ ވަކި އިންސައްތައެއް މަޝްވަރާ ނުކުރެވުމުގެ ސަބަބުން ކަނޑައެޅިގެން ފެންނަން ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް މާލިއްޔަތު ކޮމެޓީގައި ބަޖެޓް މަޝްވަރާ ކުރެވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށް ވަކި އިންސައްތަ އެއް ދައުލަތުގެ ބަޖެޓުން ނޫސްވެރިންނަށް ދިނުމަށް ނިންމާފައި ވާކަމަށް މުއިއްޒު ގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.

"މާލިއްޔަތު ކޮމެޓީގައި ބަޖެޓް މަޝްވަރާ ކުރެވޭނެ. ކަމާ ބެހޭ ބަޖެޓް ކޮމެޓީގައި މަޝްވަރާ ކުރެވޭނެ. އެހެންވީމައި އަޅުގަނޑުމެން ގަސްތު ކޮށްފައި މިއޮތީ ބަޖެޓުގެ މަރުހަލާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަން އެކަމަށް." މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ނޫސް ވެރިންނާއި މުހާތަބު ކުރައްވަމުން އިންތިހާބީ ރައީސް ވަނީ 17 ނޮވެމްބަރުގައި ވެރިކަމާއި ހަވާލުވާ އާ ސަރުކާރަކީ ނޫސްވެރިންނާއި އެކީގައި ނޫސްވެރިންގެ ހުރިހާ ސުވާލު ތަކަށް ޖަވާބުދާރިވާ އަދި ހުރިހާ މައުލޫމާތު ތަކެއް ފޯރުކޮށްދޭނެ ސަރުކާރަކަށް ވެގެން ދާނެ ކަމުގެ ޔަގީން ކަން އަރުވާފަ އެވެ.

ނޫސްވެރިންގެ ގުންޒަރުގައި ވަނީ ނޫސްވެރިކަމުގައި ދިމާވާ ގޮންޖެހުން ތަކާއި ނޫސްވެރިކަން ކުރިއެރުވުމަށް ރާއްޖޭގެ އެކި އެކި ނޫސްވެރިން ހިޔާލު ފާޅުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.