ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް-- ފޮޓޯ: އަދަދު
ހަބަރު
14 Nov 2023 | 15:20
ކިއުއެސްގެ ރޭންކިންގްއިން ވިލާ ކޮލެޖަށް ހަތަރު ތަރީގެ ރޭންކިންއެއް ލިބިއްޖެ

ކިއުއެސް ވޯލްޑް ޔުނިވާސިޓީ ރޭންކިންގްއިން ވިލާ ކޮލެޖަށް ހަތަރު ތަރީގެ ރޭންކިންއެއް ލިބިއްޖެ އެވެ.

ވިލާ ކޮލެޖަށް ހަތަރު ތަރި ލިބުނީ ޖުމުލަ 60 ގައުމެއްގެ 600 ޔުނިވާސިޓީއެއްގެ ތެރެއިން އަށް ކެޓަގަރީއަކުން ހޮވިގެންނެވެ. މުޅި ޖުމްލަ ހަތަރު ތަރީގެ އިތުރުން އެ ކޮލެޖަށް ވަނީ ކިއުއެސް ސްޓާސްގެ ތިން ދާއިރާއަކުން ފަސް ތަރި އަދި ދެ ދާއިރާއަކުން ހަތަރު ތަރި ލިބިފަ އެވެ. އޭގެ ތެރޭއިން ފަސް ތަރި ލިބުނީ އޮންލައިން ލާނިން، އެންވަރަމެންޓަލް އިމްޕެކްޓް އަދި އެމްޕްލޯޔަބިލިޓީންނެވެ. ހަތަރު ތަރި ލިބިފއިވާ ދާއިރާ ތަކުގެ ތެރޭގައި ޓީޗިން އެންޑް ލާނިން އަދި އެކަޑަމިކް ޑިވެލޮޕްމެންޓް ހިމެނެއެވެ.

މިއަދު ވިލާ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް ވިދާޅުވީ، ކިއުއެސް ސްޓާގައި އެ ކޮލެޖުން ބައިވެރިވީ، ވިލާ ކޮލެޖުގެ ކޮލެޓީ ރަނގަޅު ކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އަދި މިއީ ވިލާ ކޮލެޖަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމުގައި ފާހަގަ ކުރައްވައި މިއީ ރާއްޖޭގެ މަތީ ތައުލީމު ހާސިލްކުރާ އިންސްޓިޓިއުޓްއަކަށް މިފަދަ ބައިނައްލަގުވާމީ ރޭންކިން އެއް ލިބުނު ފުރަތަމަ ފަހަރުކަމަށް ޑރ. އަލީ ވިދާޅުވިއެވެ. 

މި ކާމިޔާބީއަކީ ވިލާ ކޮލެޖުން ތައުލީމު ހާސިލް ކުރާ އަދި އަލަށް ކޮލެޖާއި ގުޅޭ ދަރިވަރުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ހިތްހަމޖެހުމެއްގެ ގޮތުގައި ވައިސް ރެކްޓާ ފާހަގަކުރެއްވި އެވެ. އެގޮތުން އޮންލައިންކޮށް ކޯސްތައް ފުރިހަމަކުރާ ދަރިވަރުންނަށް ވިލާ ކޮލެޖުން ލިބިގެންދަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަތީ ފެންވަރުގެ ތައުލީމު ކަމުގައި ޑރ. އަލީ ވިދާޅުވި އެވެ.

ކިއުއެސް ސްޓާ ރޭންކިން ސިސްޓަމަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ޔުނިވާސިޓީތަކާއި ހަޔާ އެޑިއުކޭޝަން އިންސްޓިޓިއުޓްތައް ރޭންކް ކުރާ ސިސްޓަމެކެވެ. މި ސިސްޓަމުން ހަތަރު ތަރި ލިބެނީ އިންޓާނޭޝަނަލް ފެންވަރުގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދޭ އަދި މަތީ ފެންވަރުގައި ކިޔެވުމުގެ އެންމެހާ ހިދުމަތްތައް ފޯރުކޮށްދޭ އިންސްޓިޓިއުޓް ތަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.