އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެން (ބިގޭ) އަދި އެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ސަން އޮންލައިން
ހަބަރު
14 Nov 2023 | 16:47
މުހައްމަދު ރަޝީދު، ރައީސް ނަޝީދަށް ބޭއަދަބީ ބަހުން މުޚާތަބުކުރައްވާ ވީޑިއޯއެއް އާންމުވެއްޖެ

އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެން (ބިގޭ) ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އައުގުރާނަ ގޮވާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ހޫނުވެ ފައިވާ ދަނޑިވަޅެއްގައި، ބިގޭ ރައީސް ނަޝީދާއި ދިމާއަށް އައުގުރާނަ ގޮވާ ވީޑިއޯ އާއްމު ކުރައްވާފައިވަނީ ދަ ޑިމޮކްރެޓްސް ގެ މެންބަރު ހުސައިން ފިރުޝާން އެވެ. 

ފިރުޝާން އާއްމު ކުރި އެ ވީޑިއޯ އާއެކު ބިގޭއަށް ވަނީ ގިނަބައެއްގެ ފާޑުކިއުންތައް އަމާޒުވެފައެވެ. 

މިއަދު މަޖިލީސް ހޫނުވެގެން ދިޔައީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބަޖެޓް ހުށަހެޅުމަށް ވަޑައިގަތުމުން، އަމީރު ވަނީ ގާނޫނާ ހިލާފުވެފައިކަމަށް ބުނެ ޑިމޮކްރެޓްސް ގެ މެންބަރުން އަޑު ގަދަ ކުރަން ފެށުމާއި ގުޅިގެންނެވެ. 

ޑިމޮކްރެޓްސްގެ މެންބަރުން އަމީރަށް ބަޖެޓް ހުށަހެޅުމަށް ހުރަސް އަޅަމުންދިޔައިރު އެމްޑީޕީ މެންބަރުން ތިއްބެވީ އަމީރު ހުންނެވި މޭޒު ކޮޅުކައިރީ ޑިމޮކްރެޓްސް މެންބަރުން އެތަނަށް ކައިރިވިޔަ ނުދިނުމަށް މަސައްކަތް ކުރެއްވުމަށެވެ. އެފަދަ ގޮތުގައި އަމީރު ބަޖެޓް ހުށަހެޅުއްވާ ނިންމަވާ ލެއްވުމުން އެ ބަޖެޓު ވަނީ ދިރާސާކުރަން ކޮމެޓީއަށް ވެސް ފޮނުވައިފައެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ މާލިއްޔަތު ގާނޫނުގައި ބުނާ މުއްދަތުގައި ފިނޭސް މިނިސްޓަރު އަންނަ 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅާފައިނުވާތީއެވެ.

ރައީސް ނަޝީދު ވެސް މި މައްސަލައިގައި މިއަދު ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓަރު ކޯޓަށް ގެންދަންޖެހޭކަމަށާއި, މަޖިލީހުގެ އިމްތިޔާޒަށް ފިނޭންސް މިނިސްޓަރު އަރާފައިވާކަމަށެވެ.

ކޮމެންޓް
ޢަލީ
ޢެއީ މާއަދަބީމީހެއްތަ އެއީ ޔަހޫދީއެއް
14 Nov 2023
ހަމާސް
ސާބަހޭބިގޭ ދީފަބަހައްޓާ ދީދޭންވާމީހާކީ
14 Nov 2023
ހުތުރު
ާފެނިގެން މިދަނީ މިސަރުކާރުގެ އަސްލު ސޫރަ އިބުރާހިމްގެ sarukaaruge ފަލްސަފާ.
14 Nov 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.