ވަޒީފާ އާއި ބެހޭ ޓްރިބިޔުނަލް. ފޮޓޯ: ސަން
ހަބަރު
14 Nov 2023 | 22:08
ބަލިވެއިނުމުން ވަޒީފާއަށް ނުނިކުތް މުވައްޒަފަކު ފެނަކައިން ވަކިކުރީ ގޯސްކޮށް: ޓްރަބިޔުނަލް

ފެނަކައިގެ މުވައްޒަފެއް ބަލިވެއިނުމުން ވަޒީފާއަށް ނުނިކުތުމުން ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާއި ބެހޭ ޓްރިބިޔުނަލް އިން ނިންމައިފިއެވެ.

ބަލިވެއިނދެ ވަޒީފާއަށް ނުނިކުތުމުން ވަޒީފާއިން ވަކިކޮށްފައިވަނީ ފެނަކައިގެ ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ އެޑްމިނިސްޓްރޭޝަން ޔުނިޓުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކެވެ.

މައްސަލައިގެ ހުލާސާ ރިޕޯޓުގައި ބުނެފައިވަނީ މާޗު 1، 2016 އިން ފެށިގެން އެ މުވައްޒަފު ފެނަކަ ކޯޕަރޭޝަންގެ ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ އެޑްމިނިސްޓްރޭޝަން ޔުނިޓުގެ ސީނިއާ އޮފިސަރެއްގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އޭނާ ބަލިވެއިނުމާ ގުޅިގެން ޑޮކްޓަރަށް ދެއްކުމުން ވިހެއުމާ ހަމައަށް "ބެޑްރެސްޓް" ކުރުމަށް އެންގި ކަމަށެވެ.

އެގޮތަށް ޑޮކްޓަރު އެންގުމުން އެކަން އޭނާގެ ފަރާތުން ފެނަނަކައިގެ އެޗްއާރަށާއި، ޑިޕާޓްމަންޓާ ހަވާލުވެހުރި ވެރިޔާއަށް އީމެއިލް މެދުވެރިކޮށް އެންގުމުން ޑޮކްޓަރު ދޫކޮށްފައިވާ ލިޔުމަށް ރިއާޔަތްކޮށް އޭނާއަށް ޕްރީ މެޓާނިޓީ ޗުއްޓީއެއް ހަމަޖައްސައިދިން ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޭނާ ޕްރީ މެޓާނިޓީ ޗުއްޓީގައި ހުއްޓައި، ފެނަކައިން ގުޅައި، އޭނާއަށް ހަމަޖައްސައިދިން 30 ދުވަހުގެ ޕްރީ މެޓާނިޓީ ޗުއްޓީ ހަމަވެފައިވާ ކަމަށް އެންގި އެވެ.

އެހެންނަމަވެސް ސިއްހީ ހާލަތު ހުރިގޮތުން ވަޒީފާއަށް ނުކުމެވެން ނެތުމުން އޭނާގެ އިތުރު ޗުއްޓީތައް ހުރުމާއެކު، ވަޒީފާއަށް ހާޒިރުނުވެވޭ ދުވަސްތައް ބާކީ ހުރި ޗުއްޓީ ދުވަސްތަކުން ހަމަޖައްސައިދިނުމަށް އޭނާ ފެނަކައިގެ އެދުނެވެ.

އެކަމަކު ފެނެކައިގެ މުވައްޒަފުންގެ ޤަވާއިދުގައިވާ ގޮތުގެ މަތިން އޭނާ އޮފީހަށް އެންގުމަކާ ނުލައި، އަދި މަގުބޫލު އުޒުރެއްނެތި ވަޒީފާއަށް ހާޒިރުނުވާތާ ފަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުނެ، މެއި 31، 2022 ގައި އޭނާ ފެނަކައިގެ ވަޒީފާއިން ވަކިކުރި އެވެ.

އެހެންވެ، އޭނާގެ ފަރާތުން މިދިޔަ އަހަރު ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ، ވަޒީފާ އަނބުރާ ރުޖޫއަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށާއި، ވިހެއުމާ ގުޅިގެން ލިބެންޖެހޭ ހަ މަސްދުވަހުގެ ޗުއްޓި ލިބިދިނުމަށް އެދި އެވެ.

ނަމަވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ އެ މައްސަލައަށް އިންކާރުކޮށްފަ އެވެ. ފެނަކައިން ބުނެފައިވަނީނޯޓިސް ދިނުމެއްނެތި އޭނާ ވަޒީފާއިން ވަކިކުރީ އެ ކުންފުނީގެ މުވައްޒަފުންގެ ޤަވާއިދުގައިވާ ގޮތަށް އެންގުމަކާ ނުލައި އަދި މަޖުބޫރު އުޒުރެއްނެތި ވަޒީފާއަށް ހާޒިނުވާތީ ކަމަށެވެ.

އެ މައްސަލައިގައި ޝަރީޢަތުގައި ދެފަރާތުން ދެއްކި ވާހަކަތަކާއި ހެއްކަށް ބަލައި ޓްރައިބިއުނަލުން ނިންމީ އޭނާ ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާ ކަމަށެވެ.

އަދި އޭނާ ވަޒީފާއިން ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތް، ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާ ހިލާފު, އަންފެއާ ޑިސްމިސަލްއެއް ކަމަށް ކަނޑައަޅައި، ޓްރައިބިއުނަލުން ވަނީ އޭނާގެ ވަޒީފާ އަނބުރާ ރުޖޫއަކުރުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށްފަ އެވެ.

އެއާއެކު އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން، ވަޒީފާގެ ކަންކަން އަލުން ހަމަޖެހޭ ތާރީހާ ހަމައަށް އޭނާ އަދާކުރި މަޤާމުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާ ފެނަކައިން ދޭންޖެހޭނެ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ. އެކަންކަން ތަންފީޒު ކުރުމަށް ފެނަކައަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.

ކޮމެންޓް
އަސްލު
ގިނަ ފަހަރު ބަލިވެއިނުމާއި ގުޅިގެން ދިމާވާ އުނދަގޫތައް އެހެން މީހުންނަށް އިހުސާސްއެއް ނުކުރެވޭ. ގިނަ ފަހަރު އޮފީހުގައި އުޅޭ އަންހެނުންވެސް މާބަނޑުމީހާގެ އިހުސާސްތަކާއި އޭނާ ތަހައްމަލްކުރާ ވޭން އިހުސާސްއެއް ނުކުރެވޭ.
15 Nov 2023
ގުޅޭ ލިޔުންތައް
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.