އެފްކޮންސް އިން ތިލަމާލެ ބްރިޖު މަސައްކަތަށް ބޭނުންކުރި ޕްލެޓުފޯމް ފަރަށް އަރާފައި-- ފޮޓޯ: އަވަސް
ހަބަރު
14 Nov 2023 | 21:46
އެފްކޮންސްގެ ޖޫރިމަނާ މައާފުނުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ނިންމައިފި

އެފްކޮންސް އިން ދައްކަންޖެހޭ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ މައާފުނުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު ތިލަ މާލެ ބްރިޖްގެ މަސައްކަތުގައި ހަރަކާތްތެރިވި އެފްކޮންސް ކުންފުނީގެ ބާޖެއް ވިލިމާލެ ފަރަށް އަރައި އެފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެ އެންވަޔަރމަންޓް މިނިސްޓްރީން ވަނީ އެފްކޮނަސް ކުންފުނި 69 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

  އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިލިމާލެ ފަރު ބަލައި ސާވޭކުރުމަށްފަހު އެފްކޮންސް ކުންފުނި ޖޫރިމަނާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހު އެވެ. އެފްކޮންސް އިން މިމައްސަލަ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއަށް ހުށަހަޅައި އިސްތިއުނާފް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތްވަނަ ދުވަހު އެެވެ.

  އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޫރިމަނާގެ މައްސަލަ އެފްކޮންސް އިން އިސްތިއުނާފް ކުރި ނަމަވެސް ޖޫރިމަނާ އަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. މިނިސްޓްރީން މިގޮތަށް ނިންމީ ޖޫރިމަނާ އިސްތިއުނާފް ކުރަން ހުށަހެޅުމުން އެ މައްސަލަ އިތުރަށް ބަލައި ދިރާސާކުރުމަށްފަހު އެވެ.

  "އިސްވެ ދެންނެވުނު ގޮތަށް މި މައްސަލަ މިނިސްޓްރީން ބެލުމުން ފާހަގަކުރެވުނު ގޮތުގައި، ނަގަން ޖެހޭ ކޮންޓްރޯލް މެޝާތަކާ އެކު އުޅަނދު ފަރަށް އެރި ހާދިސާ އިން ރައްކާތެރިވުމުގެ ފުރުސަތު މަސައްކަތުގެ ކޮންޓްރެކްޓަރަށް އޮތެވެ. އެހެންކަމުން، މި މައްސަލާގައި އީޕީއޭ އިން ކަނޑައަޅާފައިވާ ޖޫރިމަނާ މުރާޖައާކޮށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަން ފާހަގަވެފައިވެ އެވެ،" 

ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޖޫރިމަނާ ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ ޖަމާކުރާނީ "އެންވަޔަރަންމަންޓަލް ރެސްޓްރޯޝަން ފަންޑް" އަށް ކަމަށެވެ.  

މިނިސްޓްރީން މިކަން ހާމަކޮށްފައި މިވަނީ އެފްކޮންސްގެ ޖޫރިމަނާގެ މައްސަލަ އެ މިނިސްޓްރީގައި އިސްތިއުނާފް ކޮށްފައި އޮންނަތާ ގާތްގަނޑަކަށް އަހަރެއް ފަހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ