އެފްކޮންސްގެ ބާޖު ފަރަށް އަރާފައި
ހަބަރު
15 Nov 2023 | 13:42
އެފްކޮންސް ގެ ޖޫރިމަނާ މައާފު ނުކުރަން ނިންމައިފި

ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތުގައި ބޭނުންކުރަމުން ދިޔަ ބާޖެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުމާ ގުޅިގެން ޖޫރިމަނާ ކުރުމަސް ނިންމައިފައިވާ، އެ މަޝްރޫޢު ގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސް ކުންފުނިން ދައްކަންޖެހޭކަމަށްގެ ޖޫރިމަނާ މައާފުނުކުރުމަށް އެންވަޔަރަމެންޓު މިނިސްޓްރީން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު ތިލަ މާލެ ބްރިޖްގެ މަސައްކަތުގައި ހަރަކާތްތެރިވި އެފްކޮންސް ކުންފުނީގެ ބާޖެއް ވިލިމާލެ ފަރަށް އަރައި އެފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެ އެންވަޔަރމަންޓް މިނިސްޓްރީން ވަނީ އެފްކޮނަސް ކުންފުނި 69 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. 

އެގޮތުން އެ ބާޖު ފަރަށް އެރުމުގެ ސަބަބުން ވިލިމާލެ ފަރަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް އީޕީއޭއިން ކުރި ދިރާސާއަށްފަހު ބުނެފައިވެއެވެ. 

އެފްކޮނަސް ކުންފުނި ޖޫރިމަނާކުރަން އީޕީއޭއިން ނިންމި ނިންމުން އެފްކޯންސްގެ ފަރާތުން އިސްތިއުނާފް ކުރުމަށް އެންވަޔަރަމެންޓު މިނިސްޓްރީއަށް ހުށަހެޅިތާ އަހަރެއްހާ ދުވަސްވެފައިވަނިކޮށް އިއްޔެ އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލާގައި އީޕީއޭއިން ނިންމި ނިންމުން މިނިސްޓްރީން ދިރާސާކޮށްފައިވާކަމަށެވެ. އަދި އެ މައްސަލަ ދިރާސާކޮށް އެންވަޔަރަމެންޓު މިނިސްޓްރީގެ ޤާނޫނީ ޓީމަށް ރިޕޯޓެއް ތައްޔާރުކޮށް ނިންމައިލެވުނީ ފާއިތުވި ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އެގޮތުން އެ ރިޕޯޓުގައި މެރިޓައިމް ދާއިރާގެ ތަޖުރިބާކާރުންގެ ލަފައެއް ހޯދުމަށް އިރުޝާދު ދީފައިވާތީ، އެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ޤައުމީ ޔުނިވާސިޓީގެ ސެންޓާ ފޯ މެރިޓައިމް ސްޓަޑީސްގެ ލަފައެއް ހޯދުމަށް މޭ މަހުގެ 11 ވަނަ ދުވަހުގައި އެދުނުކަމަށާއި ޤައުމީ ޔުނިވާސިޓީ އެ މައްސަލަ ދިރާސާކޮށް ދިން ލަފާގައި ބުނެފައިވަނީ މަސައްކަތްކުރުމުގައި ނަގަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެފްކޯންސްއިން އެޅިނަމަ ގެއްލުން ކުޑަވެ ބާޖު ފަރަށް އެރުމުން ރައްކާތެރިވުމުގެ ފުރުސަތު އޮތް ކަމަށެވެ. އެކަންކަމަށް ރިއާޔަތްކޮށް، އީޕީއޭއިން އެ ކުންފުނި ޖޫރިމަނާކުރަން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ދެކޭ ކަމުގައި އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 

އަދި މިފަދައިން ޖޫރިމަނާކުރާ ހާލަތުގައި ލިބޭ ފައިސާއިން ބައެއް ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަނެ އަސްލު ހާލަތަށް ވެށި އިއާދަކުރުމުގެ މަސައްކަތް ކުރަން އީޕީއޭއަށް ލިބުމަކީ މުހިއްމުކަމެއްކަމަށް ދެކޭތީ އެފްކޮންސްއިން ދައްކަންޖެހޭ ޖޫރިމަނާ ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ އީޕީއޭގެ ރެސްޓޮރޭޝަން ފަންޑަށް ޖަމާކުރަން ނިންމާފައިވާކަމަށްވެސް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ