ޣައްޒާ އަށް ވާރޭ ވެހުނު ވަގުތުގެ ފޮޓޯ އެއް. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
15 Nov 2023 | 17:41
ޣައްޒާގައި ވާރޭވެހެން ފެށުމުން ފެން ނަގަން ތިބި ކުޑަކުދިން ތަކެއް ޝަހީދުކޮށްލައިފި

ޣައްޒާއަށް ވާރޭ ވެހެން ފެށުމުން ވާރޭ ފެން އެއްޗެއްސަށް އަޅަން ތިބި ކުޑަކުދިން ތަކެއް އިޒްރާއިލުން ޝަހީދުކޮށްލައިފިއެވެ.

ފަލަސްޠީނުގެ ނޫސްވެރިއެއް ކަމަށްވާ ފަދީ އަލްވަދީ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާ ވީޑިއޯ އެއްގައި ދައްކުވައިދެނީ ޖަބަލިއްޔާ ރެފިޔުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި ހަލާކުވެފައިވާ ޢިމާރާތް ތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް ރެސްކިޔު ވޯކަރުން މަސައްކަތް ކުރަމުން ދާ މަންޒަރެވެ.

މި ވީޑިއޯ އާއި އެކު ފަދީ ބުނެފައިވަނީ ޖަބަލިއްޔާއަށް ދިން މި ހަމަލާގައި ވާރޭ ވެހުނު ވަގުތު ބޯނެ ފެން އެއްކުރަން ތިބި ކުދިން ތަކެއްވެސް ވަނީ ޝަހީދުވެފައި ކަމަށެވެ.

ޣައްޒާގެ އިންޓީރިއާ މިނިސްޓަރު އަލްޖަޒީރާއަށް ބުނެފައިވަނީ ޖަބަލިއްޔާ އަށް ދިން އެހަމަލާގައި 4 މީހަކު ޝަހީދުވެ އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.

ޣައްޒާގެ ހަނގުރާމަގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. 

އަލްޖަޒީރާގައި ޔުނިސެފްގެ އެކްޒެކެޓިވް ޑިރެކްޓަރ ކެތަރިން ރުސެލް ބުނެފައިވަނީ ހަނގުރާމައިގެ ދެބައިވެރިންވެސް ހިންގަމުންދަނީ ކުޑަކުދިންނާއި ދެކޮޅަށް ހިންގަމުންދާ ވަރުގަދަ ޖަރީމާތަކެއް ކަމަށެވެ.

އޭގެ ތެރޭގައި ކުދިން މެރުމާއި، ރަހީނުކުރުމާއި، ސްކޫލްތަކާއި ހޮސްޕިޓަލް ތަކަށް އަމާޒުކޮށް ހަމަލާދިނުމާއި އިންސާނީ އެހީ އަށް ހުރަސް އެޅުން ހިމެނޭކަމަށެވެ.

“ގިނަ ކުޑަކުދިން ތަކެއް ވަނީ ވީނުވާއެއް ނޭނގިފައި، ޤަބޫލް ކުރެވޭ ގޮތުގައި ވެއްޓިފައިވާ ޢިމާރާތް ތަކުގެ ދަށުގައި އެކުދިން ވަނީ ވަޅުލެވިފައި، މިއީ ނުރައްކާތެރި ގޮވާތަކެތި ބޭނުންކުރުމުގެ ނަތީޖާ” ކެތަރިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.