އަލް ޝިފާ ހޮސްޕިޓަލްގެ އެތެރެ. ފޮޓޯ: އިންޓަރނެޓް
ދުނިޔެ
15 Nov 2023 | 18:13
ޝިފާ ހޮސްޕިޓަލުގައި އިޒްރޭލްގެ ރެއިޑެއް؛ މުސްލިމުން ބަރަހަނާކޮށް ކަނުބަނދެ ސުވާލުކުރަނީ

ފަލަސްޠީނުގެ ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސް އަށް އިޒްރާއިލް ސިފައިން ވަދެ ގަނެ ބަލާފާސްކުރުމުގެ ނަމުގައި އެހޮސްޕިޓަލުގެ އެތެރޭގައި ތިބި މީހުން ބަރަހަނާކޮށް ކަނުބަދެ ސުވާލުކުރަމުން އެބަދެއެވެ.

އަލް ޖަޒީރާގައި އަލް ޝިފާ ހޮސްޕިޓަލް ތެރޭގައި ހުރި މީހަކާއި ހަވާލާދީ ބުނެފައިވަނީ އަލް ޝިފާގެ ތެރެއިން 30 މީހަކު ބޭރަށް ނެރެ، އެމީހުން ބަރަހަނާ ކޮށްފައިވާ ކަމަށެވެ.

އަދި އެމީހުން ކަނުބަނދެ ކޯޓްޔާޑް ތެރެއަށް ގެންގޮސްފައިވާ ކަމަށެވެ. ކޯޓްޔާޑް ތެރޭގައި ތިން ޓޭންކް އޮތް ކަމަށެވެ. އަދި އޭގެން އެއް ޓޭންކް އޮތީ އެހޮސްޕިޓަލްގެ އެމެޖެންސީ ޑިޕާޓްމެންޓް ކުރިމަތީގައި ކަމަށެވެ. އެ ޓޭންކު ހޮސްޕިޓަލްގެ ތެރޭގައި ހަރަކާތްތެރިވާ ކޮންމެ އެއްޗަކަށް އަމާޒު ކުރަމުންދާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަލް ޝިފާގެ އެމަޖެންސީ ވާޑްގެ ސްޓާފަކާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލް ސިފައިން އަލް ޝިފާގައި ބޯހިޔާވަހިކަން ހޯދަމުންދާ ފިރިހެނުން ތަކެއް އެމީހުންގެ ބެލުމުގެ ދަށަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ.

“180 އަށްވުރެ ގިނަ ޝަހީދުންގެ ހަށިގަނޑު ހޮސްޕިޓަލްގެ ގޯތިތެރޭގައި އެބައޮތް، ދުވަހެއް ދުވަހަކަށް އެހަށިތަކުގެ ޙާލަތު އެެދަނީ ގޯހުން ގޯހަށް، މިތަނުގެ ޙާލަތު ވަރަށްގޯސް، ވަރަށް ބިރުވެރި، ހޮސްޕިޓަލްގެ އެތަން މިތަނުން ބަޑިޖަހާ އަޑުފައްގަނޑު ދަނީ އިވެމުން” އަލްޖަޒީރާ އާއި ވާހަކަ ދެއްކި ޢޮމަރް ޒާޤޫޠް ބުނެފައިވެއެވެ.

އަލް ޝިފާ އަކީ މިވަގުތު ގިނަ ބަޔަކު ރައްކާތެރިކަން ހޯދަމުން ދާ ތަނެކެވެ. އަލް ޝިފާގެ މެޑިކަލް ސްޓާފުންނާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އަލް ޝިފާގައި 650 ބަލިމީހުން އެބަތިބި ކަމަށާއި، 5000 އާއި 7000 އާއި ދެމެދަކަށް ގެދޮރު ގެއްލިފައިވާ މީހުން އަލް ޝިފާ ކޮމްޕްލެކްސް ގައި އެބަތިބިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.