މިފްކޯގެ ސީއީއޯ އިސްމާއީލު ފައުޒީ -- ފޮޓޯ: ރާއްޖެއެމްވީ
ހަބަރު
15 Nov 2023 | 21:34
މިފްކޯގެ ސީއީއޯ ރިޓަޔާކުރެއްވުމުގެ ނަމުގައި 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަންގަވަން ހުށަހަޅުއްވައިފި

ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯ އިސްމާއީލު ފައުޒީ މަޤާމުން ރިޓަޔާކުރެއްވުމުގެ ނަމުގައި 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނިން ނަންގަވަން ހުށަހަޅުއްވާފައިވާކަން ހާމަވެއްޖެއެވެ.

ފައުޒީއަކީ މިފްކޯގައި މަސައްކަތްކުރައްވާތާ 27 ވަރަކަށް އަހަރުވެފައިވާ ބޭފުޅެކެވެ. ފައުޒީ ސީއީއޯކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެ ކުންފުނީގެ މުވައްޒަފުން އަމިއްލައަށް އެދިގެން ރިޓަޔާކުރާއިރު ޕެކޭޖެއް ދިނުމަށް އުސޫލެއް ނޯވެއެވެ. އަދި އެފަދައިން ރިޓަޔާމެންޓު ޕެކޭޖުތަކެއް އެ ކުންފުނިން ދެމުން އައިސްފައިނުވެއެވެ. ނަމަވެސް ފައުޒީ މަޤާމާ ހަވާލުވެވަޑައިގެން ރިޓަޔާކުރާ މުވައްޒަފުންނަށް ފައިސާގެ އިނާޔަތް ދިނުމަށް ޚާއްޞަ ޕެކޭޖުތަކެއް ވަނީ އެކުލަވާލައްވާފައެވެ.

މި ޕެކޭޖު އޮންނަ ގޮތުން ރިޓަޔާކުރަން ހުށަހަޅާ މީހާގެ އަސާސީ މުސާރަ ބޮޑުވީ މިންވަރަކަށް އެމީހަކަށް ލިބޭ ޕެކޭޖުވެސް ބޮޑުވާނެއެވެ. މިފަދައިން މިކަން އޮއްވައި ފައުޒީވަނީ މަޤާމާ ހަވާލުވެވަޑައިގެން ސީއީއޯގެ މުސާރަ ބޮޑުކުރައްވާފައެވެ. އެގޮތުން އޭނާއަށް މުސާރައިގެ ގޮތުގައި 67،100 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

ފައުޒީގެ ބޮޑު މުސާރައާއެކު އޭނާ ރިޓަޔާކުރައްވަން އެދިވަޑައިގަތުމުން އޭނާއަށް ހަމަޖައްސަން ނިންމާފައިވާ ރިޓަޔަމެންޓު ޕެކޭޖަކީ ޖުމްލަ 1،290،532.32 ގެ މައްޗަށް އެކުލެވޭ ޕެކޭޖެކެވެ. މިފައިސާ ދޫކުރަން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.

2020 ވަަނަ އަހަރު ފައުޒީ އިސްވެ ހުންނަވައިގެން އެކުލަވައިލެއްވި ރިޓަޔާމެންޓު ސްކީމުގެ ދަށުން އޭނާ ރިޓަޔާކުރައްވަން ހުށަހެޅުއްވީ ފާއިތުވި ހޯމަދުވަހުއެވެ.

މިކަމާއި ބެހޭގޮތުން މިފްކޯގައި މަސައްކަތް ކުރާ މުވައްޒަފުން މިފްކޯއަކީ މާލީ ގޮތުން މިހާރުވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކުންފުންޏެއް ކަމަށް ފާހަގަ ކުރިއެވެ. އަދި މިފްކޯއިން ދުވަހުން ދުވަހަަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖައްސަމުންދަނީ ސަރުކާރުން ދޭ ސަބްސިޑީއާއި އެސްޓީއޯ މެދުވެރިކޮށް ކުންފުންޏަށް ލިބޭ ކެޕިޓަލް އިންޖެކްޝަންތަކުން ކަމަށްވާއިރު، މިފަދަ ބޮޑު އަދަދެއްގެ ފައިސާ ރިޓަޔަމެންޓުގެ ގޮތުގައި ހޯއްދަވަން އުޅުއްވުމަކީ ފައުޒީ ކުރައްވާ "އަންއެތިކަލް" ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.