އަދީބު އަދި ޒިޔަތު
ހަބަރު
15 Nov 2023 | 20:29
އަދީބާއި ޒިޔަތަށް މާފު ދިނުމާއި ގުޅިގެން އެޗްއާރުސީން ކަންބޮޑުވުން ފާޅުކޮށްފި

އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގައި ދައުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތަށް ރައީސުލް ޖުމްހޫރިއްޔާ މާފު ދެއްވުމުން  ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާއި ގުޅިގެން އެޗްއާރުސީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ، ޙުކުމް ތަންފީޒު ކުރަމުންދިޔަ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި ޒިޔާތަށް މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު ގެ ދަށުންް ރައީސުލްޖުމްހޫރިއްޔާ އެ ފަރާތްތަކުގެ ކުށުގެ އަދަބު ލުއިކޮށްދެއްވުމުގެ ސަބަބުން، 2023 ނޮވެންބަރު 13 ވަނަ ދުވަހު އެ ފަރާތްތައް ބަންދުން މިނިވަންވެފައިވުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމުގައި އެވެ.

އޭގެ އިތުރުންވެސް އެޗްއާރުސީން ބުނެފައި ވަނީ ދިވެހިރާއްޖެއިން ސޮއިކޮށް ތަސްދީޤުކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން، ކޮރަޕްޝަން ހުއްޓުވާ މަނާކުރުމަށް ދައުލަތުގެ ފަރާތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ލާޒިމްކުރާކަމަށާއި މިގޮތުން، ހެޔޮ ވެރިކަމެއް ޤާއިމްކުރުމުގެ ގޮތުން ޤާނޫނީ ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނެވި، ކޮރަޕްޝަނާ ދެކޮޅަށް ދިވެހިރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް، އެފަދަ ކުށް ސާބިތުވެ، ހުކުމްކޮށްފައިވާ ފަރާާތްތަކަކަަށް ހުކުމުގެ ބޮޑު ބައެއް ތަންފީޛު ނުވަނީސް އަދަބު ލުއިކޮށްދެއްވުމުގެ ސަބަބުން މިނިވަންވެގެން ދިއުމަކީ، ކޮރަޕްޝަން ހުއްޓުވައި މަނާކުރުމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް އެޅިގެންދިޔަ ހުރަހެއްކަމަށެވެ.

ދައުލަތް ހިންގުމުގެ އެންމެ އިސް ފަރާތަށް މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން، ކުށުގެ ބާވަތަށް ރިޢާޔަތްކުރުމެއް ނެތި، ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރުބައިކުޅައެއްބައި ތަންފީޒުވެ ނިމިފައިވާ ފަރާތްތަކުގެ އަދަބު ލުއިކޮށްދިނުމުގެ ބާރު ލިބިދީފައިވުމަކީ، ޖިނާއީ ޤާނޫނުތަކުގެ ދަށުން ޖިނާއީ ބޮޑެތި ކުށްތަކަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވާ މަޤްސަދު ހާސިލްވުމަށް ހުރަސް އެޅޭ ގޮތަށް ލިބިދޭ ބާރެއް ކަމުގައި ދެކޭކަމަށް އެޗައާރުސީން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް އެއިދާރާއިން ބުނީ ބޮޑެތި ކުށްކުރާ ފަރާތްތަކާއި ކުދި ކުށްތަކުގައި ކުށް ސާބިތުވާ ފަރާތްތަކަށް މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގެ ފުރުސަތު އެއް ހަމައަކުން ލިބިދީފައިވުމަކީ ކްލެމެންސީ ދިނުމުގައި އެންމެ އިންސާފުވެރި ގޮތެއް ނޫންކަމަށް ދެކޭކަމަށެވެ. 

ޖިނާއީ ބޮޑެތި ކުށްތަކަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވާ މަޤްސަދު ޙާޞިލްކުރުމަށްޓަކައި މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު ވީ އެންމެ އަވަހަކަށް އިޞްލާޙުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި މި އެޗްއާރުސީން ގަބޫލު ކުރާކަމަށް ވަނީ ބުނެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ދައުރު ފެށިގެންއައީ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވާ ވަކިން ޚާއްސަކޮށް އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅުއަޅައި، ޖުމްލަކޮށް ކޮރަޕްޝަންގެ ޢަމަލުތަކަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތުތަކަކާ އެކުގައި ނަމަވެސް، އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަ އެކަށީގެންވާގޮތެއްގައި ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމަށް އެކި އެކި ސަބަބުތަކާހެދި ނުކުޅެދިފައިވާއިރު، ކުށް ސާބިތުވެ ޙުކުމް ތަންފީޒުކުރަމުންދިޔަ ބައެއް ފަރާތްތަކެއްގެ އަދަބު ލުއިކޮށްދިނުމުގެ ސަބަބުން އެ ފަރާތްތައް މިނިވަންވެގެންދިއުމަކީ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ ސިޔާސަތާ ޚިލާފު އަދި މީގެ ސަބަބުން ރައްޔިތުންގެ ނުހަނު ކަންބޮޑުވުން އޮތްކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.